logoEN
cocacola
އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ކުޅުދުއްފުށީފައި ފަށައިފި

އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ކުޅުދުއްފުށީފައި ފަށައިފި

އަހުމަދު ޝުރާއު

logo

10/12/2024, 7:58:51 AM

# އެމްޑީޕީ

--

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން "ލާމަރުކަޒީ ގުޅުން" ގެ ނަމުގައި ކުރިޔަށް ގެންދާ ސިލްސިލާ ކޮންފަރެންސްގެ ފުރަތަމަ ކޮންފަރެންސް ކުޅުދުއްފުށީ ސިޓީގައި ފަށައިފި އެވެ.

ގޮސިޔާ

މިއަދު ހެނދުނު ފެށި މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލްހު އާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، މާލޭ ސިޓީ ކައުންސިލަރު އާދަމް އާޒިމް އަދި ފުވައްމުލަކު ސިޓީ ކައުންސިލަރު އިސްމާޢީލް ރަފީޤުގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެންބަރުން ހިމެނެއެވެ.

ކުޅުދުއްފުށީގައި މި. ކޮންފަރެންސް ފެށީ އުތުރުގެ ތިން އަތޮޅުގައި ތިއްބެވި އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ މެންބަރުންނާ އެކީ ހއ، ހދ އަދި ށ. އަތޮޅުން ޖުމްލަ 80 ބައިވެރިންނާއި އެކުގައި އެވެ.

އެމްޑީޕީން ބުނީ މި ކޮންފަރެންސްގައި މައިގަނޑު ދެ މައުޟޫއަކަށް މަޝްވަރާކުރެވޭނެ ކަމަށާއި އެއީ ލާމަރުކަޒީ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކައުންސިލްތަކުގެ މާލީ ހާލަތުގެ މައްޗަށް ކަމަށެވެ. އެގޮތުން މި ދެ ދާއިރާއިން މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް، އިޤްރާރުވާ ކަންކަން ޕާޓީން ހާމަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ކޮންފަރެންސްގައި އިގުރާރުވާ ކަންކަން ރަނގަޅު ކުރަން ސަރުކާރަށް ގޮވާލުމަށް އެމްޑީޕީން ވަނީ ނިންމާފައި އެވެ.

މި ކޮންފަރެސް ކުރިޔަށްދާ ދަނޑިވަޅަކީ ވެރިކަމަށްފަހު އެމްޑީޕީގެ ހަރަކާތްތައް ހުއްޓި ޕާޓީގެ ހިންގުންވެސް ހުއްޓިފައިވާ ކަމަށް ގިނަ ސަޕޯޓަރުން ބުނަމުންދާ ދަނޑިވަޅެކެވެ. އެގޮތުން ޕާޓީގެ ހިންގުން ހަރުދަނާކޮށް ޕާޓީ ހިންގުންތެރިކުރުމަށް ގިނަ ކަންތައްތަކެއް ރަވާފައިވާކަމަށް ޕާޓީގެ ލީޑަޝިޕުން ބުނެއެވެ.

އެމްޑީޕީން ވަނީ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ކުރިޔަށް ގެންދާނެކަންވެސް ހާމަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ