logoEN
cocacola
މާއުނގޫދޫގައި ނެގި އެމްޑީޕީ ބޮޑުދިދައަށް ގެއްލުންދީ މޫދައް އެއްލާލައިފި

މާއުނގޫދޫގައި ނެގި އެމްޑީޕީ ބޮޑުދިދައަށް ގެއްލުންދީ މޫދައް އެއްލާލައިފި

އަހުމަދު ޝުރާއު

logo

9/1/2024, 7:59:54 AM

# އެމްޑީޕީ

--

ށ މާއުނގޫދޫގައި ނެގި އެމްޑީޕީ ބޮޑުދިދައަށް ގެއްލުންދީ މޫދައް އެއްލާލައިފި އެވެ.

ގޮސިޔާ

މިކަމާއި ގުޅިގެން މިއަދު އެޕާޓީގެ ރައީސް އަބްދުالله ޝާހިދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ށ. މާއުނގޫދޫގައި އެމްޑީޕީގެ މެމްބަރުން ނެގި ބޮޑުދިދަ، ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ރޭގެ ވަގުތެއްގައި ދިދައަށް ގެއްލުންދީ މޫދަށް އެއްލާލުން ކުށްވެރިކުރާ ކަމަށެވެ.

އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތަށް ފަރިތަވާން އެބަޖެހޭ ކަމަށާއި އިދިކޮޅު ޕާޓީއަށް ޤައުމުގެ ސިޔާސީ ވެށީގައި ޖާގަ ލިބެން ޖެހޭނެ ކަމަށް ޝާހީދު ވިދާޅުވިއެވެ.ޝާހީދު ވަނީ މި ފިނޑި ޢަމަލު ހިންގި ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައި އެވެ.

View post on Twitter

ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދިދައަށް ގެއްލުން ދިނުމުގެ އިތުރުން އެރަށުގައި ހަރު ކޮށްފައި ހުރި އެޕާޓީގެ އެހެން ދިދަތަކަކަށްވެސް ވަނީ ގެއްލުންތަކެއް ދީފައި އެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން އަދި މިހާތަނަށް ކަށަވަރުވެފައި ނުވާއިރު މިކަމާއި ގުޅިގެން އަދި ފުލުހުން ވަކި ބަހެއް ބުނެފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ