logoEN
cocacola
ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލައްވައިފި

ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލައްވައިފި

އަލްފާ އަލީ

logo

8/17/2024, 2:43:56 PM

# އެމްޑީޕީ# ލޭނު މަސްވެރިކަން# ފައްޔާޒް އިސްމާއިލް

-

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެއްދިޔުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމައިލް ގޮވާލައްވައިފި އެވެ.

ގޮސިޔާ

ރާއްޖޭގައި މަނާކޮށްފައިވާ ލޭނު މަސްވެރިކަން ހުއްދަކުރުމަށް ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ގަވާއިދެއް އެކުލަވާލައި އާއްމުންގެ ހިޔާލަށް ހުޅުވާލާފައެވެ.

ފައްޔާޒް އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުން މަނާކުރަން އެމްޑީޕީ ސަރުކާރުން ނިންމި ނިންމުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ފުރުސަތު ފަހިކުރުމާއެކު, އޭގެން ލިބޭ ފައިދާ ބޮޑުވުމުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ, މިއަދުގެ ސަރުކާރުން ވަކިވަކި ފަރުދުންގެ ފައިދާއަށްޓަކައި ގެންގުޅޭ ފަނާކުރަނިވި ސިޔާސަތުތަކުގެ ސަބަބުން، މިދިޔަ ދިހަ އަހަރު ތެރޭގައި ލިބުނު އިގްތިސާދީ ފައިދާތައް މުޅިން ނައްތާލުމަށް އަވަސް ރާސްތާއެއް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިހާރުގެ މާލީ ހާލަތާ ކުރިމަތިލާން ސަރުކާރުން ގެންގުޅޭ ބުއްދި ގަބޫލުނުކުރާ ސިޔާސަތުތައްވެސް އަނބުރާ ގެންދިޔުމަށްވެސް ފައްޔާޒް ވަނީ ސަރުކާރަށް ގޮވާލާފައެވެ. އެގޮތަށް އެކަން ނުކޮށްފިނަމަ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނާއި އާންމުންގެ އިގްތިސާދަށް އިތުބާރު ގެއްލިގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މި ކަންކަން ރަނގަޅުކުރުމުގެ ފުރުސަތު އަދިވެސް އޮތްކަން ފާހަގަކޮށް ފައްޔާޒް ވަނީ ލޭނު މަސްވެރިކަމާއި, ލޭނު މަސްވެރިކަމުގެ ތެރެއިން މިޔަރު މަސްވެރިކަން ކުރުމަށް ހުއްދަދީފައި އޮތް އޮތުން އަނބުރާ ގެންދިޔުމަށް ގޮވާލާފައެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރު އާއްމުކޮށްފައިވާ ގަވާއިދަށް ބަލާއިރު, ލޭނު މަސްވެރިކަން ކުރުމަށް ހުޅުވާލުމުން އޮޅިގެން ލޭނުގައި ޖެހި މަރުވާ މިޔަރުތައް ހުއްދަ އޮންނަ ބަޔަކަށް އޮންނަ އުސޫލުގެ ތެރެއިން ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ ހުއްދަވެސް ލިބިގެންދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ