logoEN
cocacola
ސީޕީ ސުޖާައު އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

ސީޕީ ސުޖާައު އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

އަހުމަދު ޝުރާއު

logo

8/27/2024, 12:31:42 PM

# އެމްޑީޕީ

--

ފުލުހުންގެ އިދާރާއަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެ އިދާރާގެ ކޮމިޝަނަރަކަށް ހުންނެވި އަލީ ޝުޖާއު އިސްތިއުފާ ދިނުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

ގޮސިޔާ

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ފުލުހުންގެ މުއައްސަސާއަކީ މިނިވަން މުއައްސަސާއަކަށް ހަދައި އާންމުންގެ އިތުބާރު ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. ނަމަވެސް އިއްޔެ ފެނިގެންދިޔައީ އެންމެ ކަމަކުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަކަށް ތަނެއް ދޮރެއް ނުބަލައި ފުލުހުން ކަންކަން ކުރަމުންދާތަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިއާއިއެކު ފުލުހުންގެ ހުރުމަތް ހިފެހެއްޓުމަށްޓަކައި ފުލުހުންގެ ކޮމިޝަނަރު މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށާއި ސީޕީ އިސްތިއުފާ ދެއްވަން ގޮވާލައްވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު މުއާމަލާތްތައް ލިމިޓު ކުރުން އިދިކޮޅު ފަރާތްތަކާ ގުޅުވައި އެ މައްސަލަ މާލީ ބަގާވާތެއްގެ ގޮތުގައި ސިފަކޮށް އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެގޮތުން ރޭ ޕީއެންސީގެ ޖަލްސާ ކުރިޔަށް ދަނިކޮށް ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްބުނެ ކުރު ބަޔާނެއް ނެރެފައި އެވެ. މިއާއި އެކު އިދިކޮޅުން ވަނީ މިއީ ސިޔާސީ ނުފޫޒުގެ ތެރެއިން ފުލުހުން ނެރުނު ބަޔާނެއް ކަމަށް ރެއިންސުރެ ތުހުމަތު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ