
ެަެައަރީޝާގެ މޮޅު ކުޅުމާއެކު ވީވައިއެންޖީ އަތުން ޕޮލިސް ކުލަބަށް ފަސޭހަ މޮޅެއް
# ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް # ދިވެހި ކުޅިވަރު # ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަންމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޕޮލިސް ކުލަބުގެ އާމިނަތު އަރީޝާ
މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ޕޮލިސް ކުލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން (ވީވައިއެންޖީ) ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ޕޮލިސް ކުލަބު ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބު (އެޗްވީއެސްސީ) އަތުން ސީދާ ތިން ސެޓުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ އަސްދިޤާ ސްޕޯޓްސް ކްލަބު ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. އަދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން (ވީވައިއެންޖީ) ގެ ފުރަތަމަ މެޗުގައި ވެމްކޯ އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ ސީދާ ތިން ސެޓުން ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބު (އެޗްވީއެސްސީ) ބަލިކޮށްފައެވެ.
މުޅި މެޗުގައި ވެސް ޕޮލިސް ކުލަބުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ސެޓްތައް އެޓީމުން ކާމިޔާބުކުރީ 13-25، 16-25 އަދި 20-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ އާމިނަތު އަރީޝާ އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ޕޮލިސް ކުލަބަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ވީވައިއެންޖީއަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.
09 އޮކްޓޯބަރު 2024 އިން 14 އޮކްޓޮބަރު 2024 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖުލައި މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ އާއި ރަނަރަޕް ޕޮލިސް ކްލަބާއި ތިން ވަނަ ހޯދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން، ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި އަސްދިގާ ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.
މީގެ އިތުރުން މިއަހަރުގެ ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާއިރު، އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ވެސް މި ހަތަރު ޓީމަށް ޖާގަ ލިބޭނެ އެވެ.
ހަ އަހަރުގެ މެދުކެޑުމަކަށްފަހު، ގައުމީ ލީގުގެ އަންހެން ޑިވިޝަން ކުޅުން މިއަހަރު އަލުން ފެށިއިރު، އެންމެ ފަހުން ގައުމީ ލީގުގެ އަންހެން ޑިވިޝަން ބާއްވާފައި ވަނީ، 2017 ވަނަ އަހަރެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދީ ޏ. ފުވައްމަލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ.
ގުޅުންހުރި
ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު އޮމާނަށް ދިއުމައްޓަކައި މިއަދު ފުރައިފި
ޖޫނިއާ ފުޓްބޯޅަ އެކަޑަމީ ބަލިކޮށް މާޒިޔާ އެކަޑަމީ އިން 12 އަހަރުންދަށް މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް ކާމިޔާބުކޮށްފި

ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެންޕިއަންޝިޕް 2025 ކުޅުދުއްފުށި ސިޓީގައި
