logoEN
cocacola
ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އަސްދިޤާ ބަލިކޮށް ވެމްކޯ އެއްވަނައަށް

ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އަސްދިޤާ ބަލިކޮށް ވެމްކޯ އެއްވަނައަށް

ހަސަން ޝަމްއޫން

logo

10/11/2024, 1:00:09 PM

# ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް # ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން# ދިވެހި ކުޅިވަރު

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވެމްކޯގެ ވެމްކޯގެ ޔަކޮވްލީވާ އިނާ 

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި އަސްދިޤާ ސްޕޯޓްސް ކުލަބާއި ވެމްކޯ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ވެމްކޯ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ވެމްކޯ ކުޅުނު ފުރަތަމަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން (ވީވައިއެންޖީ) އަތުން ސީދާ ތިން ސެޓުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ ގުޑީސް ސްޕޯޓްސް ކްލަބު ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. އަދި އަސްދިޤާގެ ފުރަތަމަ މެޗުގައި ގުޑީސް ސްޕޯޓްސް ކްލަބު އަތުން ސީދާ ތިން ސެޓުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ޕޮލިސް ކުލަބު އަތުން އެޓީމު ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.

މުޅި މެޗުގައި ވެސް ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ސެޓްތައް އެޓީމުން ކާމިޔާބުކުރީ 12-25، 15-25 އަދި 06-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ވެމްކޯގެ ޔަކޮވްލީވާ އިނާ އެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން ވެމްކޯއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަސްދިޤާއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

09 އޮކްޓޯބަރު 2024 އިން 14 އޮކްޓޮބަރު 2024 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖުލައި މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ އާއި ރަނަރަޕް ޕޮލިސް ކްލަބާއި ތިން ވަނަ ހޯދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން، ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި އަސްދިގާ ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

މީގެ އިތުރުން މިއަހަރުގެ ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާއިރު، އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ވެސް މި ހަތަރު ޓީމަށް ޖާގަ ލިބޭނެ އެވެ.

ހަ އަހަރުގެ މެދުކެޑުމަކަށްފަހު، ގައުމީ ލީގުގެ އަންހެން ޑިވިޝަން ކުޅުން މިއަހަރު އަލުން ފެށިއިރު، އެންމެ ފަހުން ގައުމީ ލީގުގެ އަންހެން ޑިވިޝަން ބާއްވާފައި ވަނީ، 2017 ވަނަ އަހަރެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދީ ޏ. ފުވައްމަލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ