logoEN
cocacola
ވެމްބްލީގައި އިންގްލޭންޑް އަތުން ގްރީސްއަށް ތާރީޚީ މޮޅެއް

ވެމްބްލީގައި އިންގްލޭންޑް އަތުން ގްރީސްއަށް ތާރީޚީ މޮޅެއް

ހަސަން ޝަމްއޫން

logo

10/11/2024, 2:56:03 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# އިންގްލެންޑް# ޔުއެފާ ނެޝަނަލް ލީގު# ގްރީސް

އިންގްލޭންޑާއި ގްރީސް ވާދަކުރި މެޗުފެ ތެރެއިން...

ޔުއެފާ ނެޝަނަލް ލީގް ގުރޫޕް ބީގައި ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން އިންގްލޭންޑް އަތުން މޮޅުވެ ގްރީސް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.

ގޮސިޔާ

މުބާރާތުގައި އިންގްލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ފިންލޭންޑް އަތުން މޮޅުވެފައިވާއިރު، ގްރީސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން އަޔަލޭންޑް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ އިންގްލޭންޑް އެވެ.

ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ގްރީސް އިންނެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބެންފީކާ ފޯވާޑް ވެންގެލިސް ޕަވްލިޑިސް އެވެ.

އިންގްލޭންޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ރެއާލް މެޑްރިޑް މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ. މިއީ އެޓީމުގެ ފޯވާޑް ޑޮމެމިކް ސޮލާންކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް މެޗުގެ އިތުރުވަގުތުގެ ތެރޭގައި ޕަވްލިޑިސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ގްރީސްއަށް ދެވަނަ ފަހަރަށް ލީޑުހޯދައިދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ގްރީސް ކުރީގައި އޮވެގެންނެވެ.

މިނަތީޖައެކު ކުޅުނު ތިން މެޗުން ގްރީސްއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުފޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އިންގްލޭންޑް ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެޓީމު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މީގެ އިތުރުން މިގުރޫޕްގައި ރޭ ރަށުން ބޭރުގައި އަޔަލޭންޑުން ވަނީ 2-1 ގެ ނަތީޖާއަކުން ފިންލޭންޑް ބަލިކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ