logoEN
cocacola
ސީދާ ތިން ސެޓުން އަސްދިޤާ ބަލިކޮށް  ޕޮލިސް ކުލަބު އެއްވަނައަށް

ސީދާ ތިން ސެޓުން އަސްދިޤާ ބަލިކޮށް ޕޮލިސް ކުލަބު އެއްވަނައަށް

ހަސަން ޝަމްއޫން

logo

10/10/2024, 11:27:06 AM

# ދިވެހި ކުޅިވަރު # ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން# ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޕޮލިސް ކުލަބުގެ ޓެންޔާޕްރޯން ސީސޯ

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި އަސްދިޤާ ސްޕޯޓްސް ކުލަބާއި ޕޮލިސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޕޮލިސް ކުލަބުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ޕޮލިސް ކުލަބް ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބު (އެޗްވީއެސްސީ) އަތުން މޮޅުވައިވާއިރު، އަސްދިޤާގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ސީދާ ތިން ސެޓުން ގުޑީސް ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ދެ ސެޓް ފަސޭހަކަމާއެކު ޕޮލިސް ކުލަބުން ކާމިޔާބުކުރިއިރު، ފުރަތަމަ ސެޓު އެޓީމުން ކާމިޔާބުކުރީ 15 ޕޮއިންޓްގެ ލީޑަކާއެކު 10-25 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ފެނުނުއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 19 ޕޮއިންޓްގެ ލީޑަކާއެކު 06-25 ގެ ތަފާތުބޮޑު ނަތީޖއަކުންނެވެ.

ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި އަސްދިޤާ އިން ކުޅުން ރަނގަޅުކުރިއިރު، މިސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ޓެންޔާޕްރޯން ސީސޯ އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ޕޮލިސް ކުލަބަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އަސްދިޤާއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

09 އޮކްޓޯބަރު 2024 އިން 14 އޮކްޓޮބަރު 2024 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖުލައި މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ އާއި ރަނަރަޕް ޕޮލިސް ކްލަބާއި ތިން ވަނަ ހޯދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން، ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި އަސްދިގާ ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

މީގެ އިތުރުން މިއަހަރުގެ ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާއިރު، އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ވެސް މި ހަތަރު ޓީމަށް ޖާގަ ލިބޭނެ އެވެ.

ހަ އަހަރުގެ މެދުކެޑުމަކަށްފަހު، ގައުމީ ލީގުގެ އަންހެން ޑިވިޝަން ކުޅުން މިއަދު އަލުން ފެށިއިރު، އެންމެ ފަހުން ގައުމީ ލީގުގެ އަންހެން ޑިވިޝަން ބާއްވާފައި ވަނީ، 2017 ވަނަ އަހަރެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދީ ޏ. ފުވައްމަލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ