logoEN
cocacola
ފަސޭހަކަމާއެކު އެޗްވީއެސްސީ ބަލިކޮށް ވީވައިއެންޖީ އިން ފުރަތަމަ މޮޅު ހޯދައިފި

ފަސޭހަކަމާއެކު އެޗްވީއެސްސީ ބަލިކޮށް ވީވައިއެންޖީ އިން ފުރަތަމަ މޮޅު ހޯދައިފި

ހަސަން ޝަމްއޫން

logo

10/10/2024, 11:19:01 AM

# ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން# ދިވެހި ކުޅިވަރު # ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

މެޗުގެ މޮޅު ކުޅުންތެރިއެކަށް ހޮވުނު ވީވައިއެންޖީ ވިފާޑާ މިންކްވާން ...

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން (ވީވައިއެންޖީ) އާއި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް (އެޗްވީއެސްސީ) ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ވީވައިއެންޖީ އިން ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ވީވައިއެންޖީ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ވެމްކޯ އަތުން އެޓީމު ބަލިވެފައިވާއިރު، އެޗްވީއެސްސީގެ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބު އަތުން އެޓީމުވެސް ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި 17 ޕޮއިންޓްގެ ފަރަގަކާއެކު 08-25 ތަފާތުބޮޑު ނަތީޖާއަކުން ވީވައިއެންޖީ ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ފަސް ޕޮއިންޓްގެ ލީޑަކާއެކު 25-20 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓް 16-25 ގެ ނަތީޖާއަކުން ވީވައިއެންޖީ ކުރީގައި އޮވެގެން ނިމުނުއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ވިފާޑާ މިންކްވާން އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ވީވައިއެންޖީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ކުޅުނު ދެމެޗުން ވެސް ބަލިވެ އެޗްވީއެސްސީ މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.

09 އޮކްޓޯބަރު 2024 އިން 14 އޮކްޓޮބަރު 2024 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖުލައި މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ އާއި ރަނަރަޕް ޕޮލިސް ކްލަބާއި ތިން ވަނަ ހޯދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން، ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި އަސްދިގާ ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

މީގެ އިތުރުން މިއަހަރުގެ ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާއިރު، އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ވެސް މި ހަތަރު ޓީމަށް ޖާގަ ލިބޭނެ އެވެ.

ހަ އަހަރުގެ މެދުކެޑުމަކަށްފަހު، ގައުމީ ލީގުގެ އަންހެން ޑިވިޝަން ކުޅުން މިއަދު އަލުން ފެށިއިރު، އެންމެ ފަހުން ގައުމީ ލީގުގެ އަންހެން ޑިވިޝަން ބާއްވާފައި ވަނީ، 2017 ވަނަ އަހަރެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދީ ޏ. ފުވައްމަލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ