-1728398323247.webp&w=3840&q=75)
--
މޯލްޑިވްސް ޓްރޭޑް ފެސިލިޓޭޝަން ރޯޑްމެޕް ވެލިޑޭޓްކުރުމުގެ ވޯކްޝޮޕެއް، އިގްތިސާދީ ވުޒާރާއިން އދ. ގެ ވިޔަފާރިއާއި ތަރައްޤީއާބެހޭ ޖަމްޢިއްޔާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫ.އެން.ސީ.ޓީ.އޭ.ޑީ)އާ ގުޅިގެން މިއަދު ފަށައިފި އެވެ.

ޖުމްލަ 23 ބޯޑަރ އޭޖެންސީގެ އިތުރުން، ކަމާގުޅޭ އެހެނިހެން ފަރާތްތައް ބައިވެރިވާ މި މުހިންމު ވޯކްޝޮޕްގެ މަޤްޞަދަކީ ރާއްޖޭގެ ޓްރޭޑް ފެސިލިޓޭޝަން ދާއިރާއިން ހަރުދަނާކޮށް ރަނގަޅުކުރުމަށް ކުރެވެންހުރި ކަންތައްތައް ދެނެގަތުމާއި އަދި ރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތްތައް ހަލުވިކޮށް، ދުނިޔޭގެ ޓްރޭޑް ފެސިލިޓޭޝަން އިންޑެކްސްގައި ދިވެހިރާއްޖޭގެ މަޤާމު ވަރުގަދަކުރުމެވެ.
މިއީ ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ޓްރޭޑް ފެސިލިޓޭޝަން ރޯޑްމެޕްގެ ސަބަބުން ވިޔަފާރިއަށް ފަހިކުރުމަށް ކުރިއަށް އޮތް ފަސްއަހަރު ދިވެހިރާއްޖެއިން ކުރިއަށް ދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލެވިގެންދާނެއެވެ.
ގުޅުންހުރި

ތުރުކީއާއި އެކު އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމަށް އެގައުމުގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށްފި

ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް ޓިކްޓޮކްގެ އިސްވެރިންނާއި ބައްދަލުކޮށްފި

ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް ޝަމްއާ!
