logoEN
cocacola
ފުވައްމުލަށް ދަނޑިމަގު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫޢު އެމްޓީސީސީއަށް!

ފުވައްމުލަށް ދަނޑިމަގު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫޢު އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

10/9/2024, 6:06:14 PM

# އެމްޓީސީސީ

--

ޏ. ފުވައްމުލަށް ދަނޑިމަގު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ގޮސިޔާ

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް ހަސަން މުޣްނީއެވެ. އަދ،ި ޒުވާނުން ބާރުވެރިކުރުވުމާއ،ި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓްރ، އަލްފާޟިލް އިބްރާޙިމް އާމިރުއެވެ.

މި މަޝްރޫޢުގެ ދަށުނ،ް ބިންގަނޑު ކޮނުމާއި ބެކްފިލިންގ މަސައްކަތާއި 15,039 އަކަ މީޓަރުގެ ސަރަޙައްދެއް ކޮންޕެކްޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުނ،ް 350 ކޮންކްރީޓް ކާނުގަނޑު ހެދުމާއ،ި 30 ފެންހިންދާ ވަޅުގަނޑު ހެދުމާއ،ި 750 ގައު އެތުރުން ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2.7 މިލިއަން ރުފިޔާއަށް 90 ދުވަސްތެރޭ ނިންމުމަށެވެ.

1500 މީހުންގެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލަކަކީ މުރާލި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ސިޓީއެކެވެ. އެގޮތުން އެ ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަމާއ،ި ދަނޑުވެރިކަމާއ،ި ފަތުރުވެރިކަމާއި އަދި ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ ވަޒީފާ ތަކުގައި އަންނަނީ މަސައްކަތްކުރަމުންނެވެ.

ފުވައްމުލަށް ސިޓީއަކީ ފުޓްބޯޅަ ކުޅެން ޝައުގުވެރިކަން ހުންނަ ގިނަ އަދަދެއްގެ ޒުވާނުން ދިރިއުޅޭ ސިޓީއެކެވެ. އަދި މިއަދު ސޮއެކުރެވުނު މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މި ސިޓީގެ ދަނޑިމަގު އަވަށުގެ ޒުވާނުން ފުޓްބޯޅަ ކުޅޭނެ ދަނޑެއް ލިބިގެންދާ ކަމަށާއި މި މަޝްރޫޢުގެ ސަބަބުން ޒުވާނުންގެ ދުޅަހެޔޮކަމަށާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ހެޔޮ އަސަރުތަކެއް ކުރާނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ