logoEN
cocacola
ވިލިނގިލި ބަނދަރު ތަރައްގީ ކުރުމުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ

ވިލިނގިލި ބަނދަރު ތަރައްގީ ކުރުމުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ

އަލްފާ އަލީ

logo

10/16/2024, 7:29:45 AM

# އެމްޓީސީސީ# ގއ. ވިލިނގިލި

-

ގއ. ވިލިނގިލި ބަނދަރު ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ 52 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ގޮސިޔާ

އެމްޓީސީސީން ބުނެފައިވަނީ ވިލިނގިލި ބަނދަރު މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެންކާ ބްލޮކް އެތުރުމުގެ މަސައްކަތާއި ހާބާ ޕޭވްމަންޓްގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ