logoEN
cocacola
އެމްޓީސީސީގެ ތިން ވަނަ ސުޕަވައިޒަރުންގެ މަހާސިންތާ ކާމިޔާބުކަމާއިއެކު ނިންމާލައިފި

އެމްޓީސީސީގެ ތިން ވަނަ ސުޕަވައިޒަރުންގެ މަހާސިންތާ ކާމިޔާބުކަމާއިއެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

10/14/2024, 4:26:24 AM

# އެމްޓީސީސީ

--

އެމްޓީސީސީން ސިލްސިލާކޮށް ބާއްވަމުން އަންނަ "ސުޕަވައިޒަރުންގެ މަހާސިންތާ" ގެ މިއަހަރުގެ މަހާސިންތާ ނިންމާލައިފި އެވެ.

ގޮސިޔާ

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މަހާސިންތާއަކީ އެމްޓީސީސީގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތު ސައިޓްތަކުގައި މަސައްކަތްކުރާ ސުޕަވައިޒަރުންނަށް ޙާއްސަކޮށްގެން އެކުންފުނީގެ އެޗްއާރް ޑިވިޜަނުން ކުރިއަށްގެންދާ އަހަރީ ފޯރަމެކެވެ. ސައިޓް ސުޕަވައިޒަރުންނަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުން ކަމަށް އެމްޓީސީސީން ބުނެއެވެ.

ސިލްސިލާކޮށް ކުރިޔަށްގެންދާ މި ހަރަކާތުގެ ތެރެއިން މިއަހަރުގެ މަހާސިންތާއަކީ އެކުންފުނިން ބޭއްވި މިފަދަ ތިން ވަނަ މަހާސިންތާއެވެ. މިއަހަރުގެ މަހާސިންތާގައި ޖުމުލަ 107 ސައިޓް ސުޕަވައިޒަރުން ބައިވެރިވިއެވެ.

ރޭ ބޭއްވުނު "ސުޕަވައިޒަރުންގެ މަހާސިންތާ 2024" ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގެ މެންބަރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ އިސްވެރިންނެވެ.

މިއަހަރު ކުރިއަށްދިޔަ މަހާސިންތާގެ ބައިވެރިންނަށް މަޝްރޫޢުތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުންނާއި, ލީޑަރޝިޕް އަދި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ސެޝަންތަކެއް ކާމިޔާބުކަމާއިއެކު ވަނީ ކުރިއަށްގެންގޮސްފައި އެވެ. މި ސެޝަންތަކުގައި, ދާއިރާގައި ތަޖުރިބާލިބިފައިވާ އެ ކުންފުނީގެ މުވައްޒަފުން ބައިވެރިންނާއި މުޙާތަބު ކުރައްވާ މަޝްރޫޢުތައް ހިންގުމާއި ގުޅޭގޮތުން މުހިއްމު މަޢުލޫމާތުތަކެއް ޙިއްސާކުރެއްވިއެވެ.

View post on Twitter

އަދި އެމްޓީސީސީގެ އެކިއެކި ޑިވިޜަންތަކުގެ ވެރިންނާއި ފަންނުވެރިންވެސް ވަނީ އެކި ސެޝަންތައް ނަގައިދެއްވާފައެެވެ. އެގޮތުން, އެމްޓީސީސީން ހިންގާ މަޝްރޫޢުތަކުގެ ކޮލިޓީ ރަނގަޅު ކުރުމާއި,ސަރުކާރުން ބޭނުންވާ އަވަސް މިނުގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި, ޙަރަދު މެނޭޖުކުރުމާއި, މަޝްރޫޢުތައް ނިންމަން އޮންނަ ވަގުތުގެތެރޭ އެފިޝެންޓްކޮށް މަޝްރޫޢުތައް ނިންމުމާއި ގުޅޭގޮތުން ބައިވެރިން ހޭލުންތެރިކުރެވުނެވެ.

މީގެ އިތުރުން, ކުންފުނީގެ މަޝްރޫއުތަކުގައި ބޭނުންކުރާ މެޝިނަރީ އާއި އުޅަނދުފަހަރު ބަލަހައްޓާ "ޕްރިވެންޓިވް މެއިޓެނެންސް" ގެ އިމުގުތެރެއިން ކުންފުންޏަށް އެންމެ ފައިދާވާގޮތަށް ވަސީލަތްތަކުގެ ބޭނުންކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

އެމްޓީސީސީން ބުނީ އެކުންފުންޏަކީ ރައްޔިތުންގެ ކުންފުނި ކަމުން އެމްޓީސީސީއާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއ،ި ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް ފޯރަމްގައި އަލިއަޅުވާލެވުނު ކަމަށެވެ.

އަދި މަސައްކަތުމާހައުލުގައި ހަރަކާތްތެރިވާ މުވައްޒަފުން ސިއްޙީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަހައްޓަންޖެހޭ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވާލާ މިކަމާގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ފޯރަމްގެ ބައިވެރިންނާއި ޙިއްސާކުރެވުނު ކަމަށެވެ.

އެމްޓީސީސީން ޤަބޫލުކުރާގޮތުގައި އެ ކުންފުނީގެ އެންމެ މުހިއްމު ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުންނެވެ. މިގޮތުން, މިފަދަ ހޭލުންތެރިކަމުގެ ފޯރަމްތަކުގެ އިތުރުން, ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް ސްކޮލަރޝިޕްއާއި ޓްރޭނިންގ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެމްޓީސީސީން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ. އެކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ވޭތުވެދިޔަ އަހަރު 1603 މުވައްޒަފުންނަށް އެކިއެކި ދާއިރާއިން ވާނީ ޖުމުލަ 22،143 ގަޑިއިރުގެ ތަމްރީން ދެވިފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ