logoEN
cocacola
ފަސޭހަކަމާއެކު ވީވައިއެންޖީ  ބަލިކޮށް ވެމްކޯ އިން ފެންވަރު ދައްކާލައިފި

ފަސޭހަކަމާއެކު ވީވައިއެންޖީ ބަލިކޮށް ވެމްކޯ އިން ފެންވަރު ދައްކާލައިފި

ހަސަން ޝަމްއޫން

logo

10/9/2024, 5:42:21 PM

# ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް # ކުލަބު ވެމްކޯ# ދިވެހި ކުޅިވަރު # ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވެމްކޯގެ ޔަކޮވްލީވާ އިނާ

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގައި މިރޭ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން (ވީވައިއެންޖީ) އާއި ވެމްކޯ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ވެމްކޯ އިން މުބާރާތް ފެށީ އިތުބާރާއެކުގައެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓު ވެމްކޯ އިން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ފަރަގަކާއެކު 22-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ވެމްކޯ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މި ސެޓް އެޓީމުން ކާމިޔާބުކުރީ 18 ޕޮއިންޓްގެ ލީޑަކާއެކު 07-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި ވީވައިއެންޖީ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މިސެޓް ވެމްކޯ އިން ކާމިޔާބުކުރީ ހަތް ޕޮއިންޓްގެ ލީޑަކާއެކު 18-25 ގެ ނަތިޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޔަކޮވްލީވާ އިނާ އެވެ.

09 އޮކްޓޯބަރު 2024 އިން 14 އޮކްޓޮބަރު 2024 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖުލައި މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ އާއި ރަނަރަޕް ޕޮލިސް ކްލަބާއި ތިން ވަނަ ހޯދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން، ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި އަސްދިގާ ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

މީގެ އިތުރުން މިއަހަރުގެ ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާއިރު، އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ވެސް މި ހަތަރު ޓީމަށް ޖާގަ ލިބޭނެ އެވެ.

ހަ އަހަރުގެ މެދުކެޑުމަކަށްފަހު، ގައުމީ ލީގުގެ އަންހެން ޑިވިޝަން ކުޅުން މިއަދު އަލުން ފެށިއިރު، އެންމެ ފަހުން ގައުމީ ލީގުގެ އަންހެން ޑިވިޝަން ބާއްވާފައި ވަނީ، 2017 ވަނަ އަހަރެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދީ ޏ. ފުވައްމަލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ.

މީގެ އިތުރުން މިބާރާތުގައި މާދަމާ ވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، 15:30 ގައި ފަށާ ފުރަތަމަ މެޗުގައި ވީވައިއެންޖީ ނުކުންނާނީ ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. އަދި 17:00 ގައި ފަށާ ދެވަނަ މެޗުގައި ޕޮލިސް ކުލަބާއި ދެކޮޅަށް އަސްދިޤާ ނުކުންނައިރު، މާދަމާ ރޭ 20:30 ގައި ފަށާ ތިންވަނަ މެޗުގައި ވެމްކޯ އިން ނުކުންނާނީ ގުޑީސް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ