logoEN
cocacola
ފަސޭހަކަމާއެކު ހިންމަފުށީ ވިކްޓޯރިއަސް ބަލިކޮށް ޕޮލިހުން ފެށުން ރަނގަޅުކޮށްފި

ފަސޭހަކަމާއެކު ހިންމަފުށީ ވިކްޓޯރިއަސް ބަލިކޮށް ޕޮލިހުން ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

10/9/2024, 1:35:48 PM

# ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް # ދިވެހި ކުޅިވަރު # ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން

ޕޮލިސް ކުލަބާއި ހިންމަފުށި ވިކްޓޯރިއަސް ވާދަކުރި މެޗުގެ ތެރެއިން...

ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަން މިއަދު ހަވީރު ޕޮލިސް ކުލަބާއި ހިންމަފުށި ވިކްޓޯރިއަސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޕޮލިސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މުޅި މެޗުގައި ވެސް ޕޮލިސް ކުލަބުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 14 ޕޮއިންޓްގެ ފަރަގަކާއެކު 11-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓާއި ތިންވަނަ ސެޓް ޕޮލިސް ޓީމުން ކާމިޔާބުކުރީ 23 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 02-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ އެވެ.

09 އޮކްޓޯބަރު 2024 އިން 14 އޮކްޓޮބަރު 2024 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖުލައި މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ އާއި ރަނަރަޕް ޕޮލިސް ކްލަބާއި ތިން ވަނަ ހޯދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން، ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި އަސްދިގާ ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

މީގެ އިތުރުން މިއަހަރުގެ ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާއިރު، އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ވެސް މި ހަތަރު ޓީމަށް ޖާގަ ލިބޭނެ އެވެ.

ހަ އަހަރުގެ މެދުކެޑުމަކަށްފަހު، ގައުމީ ލީގުގެ އަންހެން ޑިވިޝަން ކުޅުން މިއަދު އަލުން ފެށިއިރު، އެންމެ ފަހުން ގައުމީ ލީގުގެ އަންހެން ޑިވިޝަން ބާއްވާފައި ވަނީ، 2017 ވަނަ އަހަރެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދީ ޏ. ފުވައްމަލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ