logoEN
cocacola
 މާޅޮސް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫޢު އެމްޓީސީސީއަށް!

މާޅޮސް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫޢު އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

10/9/2024, 11:36:03 AM

# އެމްޓީސީސީ

--

ބ. މާޅޮސް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ގޮސިޔާ

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް ހަސަން މުޣްނީއެވެ. އަދ،ި ޒުވާނުން ބާރުވެރިކުރުވުމާއ،ި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓްރ، އަލްފާޟިލް އިބްރާޙިމް އާމިރުއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން, ބިންގަނޑު ކޮނުމާއ،ި ބެކްފިލިންގ މަސައްކަތާއ،ި 4,750 އަކަ މީޓަރުގެ ސަރަޙައްދެއް ކޮންޕެކްޓް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މީގެ އިތުރުނ،ް 274 ކޮންކްރީޓް ކާނުގަނޑު ހެދުމާއ،ި 23 ފެންހިންދާ ވަޅުގަނޑު ހެދުމާއ،ި 594 ގައު އެތުރުން ވެސް ހިމެނެއެވެ.

މި މަޝްރޫ އެކުންފުންންޏާއި ހަވާލުކޮށްފައިވަނީ 2.3 މިލިއަން ރުފިޔާއަށް 90 ދުވަސްތެރޭ ނިންމުމަށެވެ.

775 މީހުންގެ އާބާދީއެއް އޮންނަ ބ. މާޅޮހު ރައްޔިތުން އާމްދަނީ ހޯދަމަށްޓަކައި މައިގަނޑުގޮތެއްގައި ހަރަކާތްތެރިވެ އުޅެނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. މި ރަށުގައި ފުޓްބޯޅަ ދަނޑެއް ހެދިގެން ދިއުމަކީ ރަށުގެ ޒުވާނުންނަށް މުނިފޫހިފިލުވާލާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ލިބޭނޭ ފަހި ފުރުޞަތެއް ކަމަށާއި މީގެ ސަބަބުން ރަށުގައި އިޖުތިމާޢީ ގުޅުންތައް އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ވޭތުވެދިޔަ 43 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ