logoEN
cocacola
ލަކުޑި ފެރީތައް އޮޕަރޭޓް ކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ލަކުޑި ފެރީތައް އޮޕަރޭޓް ކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

10/8/2024, 9:49:08 AM

# ޓްރާންސްޕޯޓް މިނިސްޓްރީ

--

އެއްރަށުން އަނެއްރަށަށް މީހުން ފަސޭހަކަމާއެކު ދަތުރުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ލަކުޑި ފެރީތައް އޮޕަރޭޓް ކުރުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން މިނިސްޓްރީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ގޮސިޔާ

މި ބައްދަލުވުމުގައި ލަކުޑި ފެރީތަކުން ގެންދާ މުދާތައް ގެންދިއުމުގައި ހުރި ދަތިތަކާއި މި ފެރީތައް އޮޕަރޭޓް ކުރުމުގައި ހަރުދަނާ ކުރުމަށް ހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މިނިސްޓްރީން ބުނީ މިނިސްޓްރީގެ އިސްވެރިންނާއި އެލްޖީއޭ އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ލަކުޑި ފެރީތަކުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށެވެ.

ލަކުޑި ފެރީތަކަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަރަށް މުހިންމު ޚިދުމަތެކެވެ. އަދި މިނިސްޓްރީއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށެވެ.

އަދި މި ބައްދަލުވުމުގައި ފާހަގަކުރެވުނު މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާއިއެކު މިނިސްޓްރީއިން މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ