logoEN
cocacola
ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް މިނިސްޓްރީގެ ދަށަށް

ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް މިނިސްޓްރީގެ ދަށަށް

އަލްފާ އަލީ

logo

10/3/2024, 3:44:43 PM

# ޓްރާންސްޕޯޓް މިނިސްޓްރީ

-

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް، އާންމުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ގޮސިޔާ

މިއީ މާލެފަހި ޕްރޮގްރާމްގެ ދަށުން، މާލޭގެ ޕާކިންގގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

ހުޅުމާލޭގައި މިހާރު 8 މެކޭނިކަލް ޕާކިންގ ސިސްޓަމް ޤާއިމްކޮށްފައިވާއިރު މި ސިސްޓަމްތަކުގައި ޖުމްލަ 255 ވެހިކަލް ޕާކުކުރެވޭނެ ކަމަށް ބެލެވެއެވެ. މި ޕްރޮޖެކްޓް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މި ޕްރޮޖެކްޓަކީ ސަރުކާރުގެ ކުންފުނިތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެއްކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިކަމުގެ ސަބަބުން، މާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގެ އަދަދު މަދުވެ، މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެކަމަށް އެވުޒާރައިން ބުނެއެވެ. މި މަޝްރޫޢާ ގުޅޭ އިތުރު ތަފްސީލުތައް އަދި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި، އަގުތައް ވެސް ކައިރި މުސްތަގްބަލެއްގައި މިނިސްޓްރީއިން އާންމުކޮށް އިޢުލާނުކުރާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ