
ވައިގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތައް ތަހުޤީޤު ކުރުމަށް އިދާރާއެއް އުފައްދަނީ
# ޓްރާންސްޕޯޓް މިނިސްޓްރީމީގެ ކުރިން ރާއްޖޭގައި ހިނގި ވައިގެދަތުރުފަތުގެ ހާދިސާއެއް -
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތައް ތަހުޤީޤު ކުރުމަށް އިދާރާއެއް އުފައްދަން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑީއާގެ ޕްރޮގްރާމެއްގައި ވާހަކަުފުޅު ދައްކަވަމުން ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެވެ. އެގޮތުން އަމީން ވިދާޅުވީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑު މިހާރަށް ވުރެ ރަނގަޅު ކުރަންޖެހޭ ކަމަށާއި ކުރިއަށް އޮތް ޖޫން މަހު، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ރާއްޖޭގެ ސޭފްޓީ އޮޑިޓެއް ކުރަން ނިންމާފައިވާކަމަށެވެ. އަމީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މީގެ ކުރީ އޮޑިޓްތަކަށްވުރެ މި އޮޑިޓުގެ ނަތީޖާ ރަނގަޅުކުރުންކަމަށެވެ.
މިކަމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން އައިކާއޯގެ މިންގަނޑަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮނިގަނޑު ބަދަލުކޮށްފައިވާކަމަށް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އައިކާއޯގެ މިންގަނޑަށް، ވައިގެ ހާދިސާތައް ތަހުޤީޤުކުރާ އިދާރާއެއް އުފެއްދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަން އަމީން ހާމަކުރެއްވި އެވެ. މި އިދާރާ އުފެއްދޭނީ ރައީސްގެ ގަރާރަކުންކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ އެކަން ކެބިނެޓަށް ހުށަހަޅުއްވައި މި މަސް ނިމުމުގެ ކުރިން އިދާރާ އުފެއްދުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް، އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަން އަމީން ހާމަކުރެއްވި އެވެ.
ގުޅުންހުރި

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ޖުލައި މަހު ފަށަނީ

ފަހު 10 ގެ ބަންދާއި ދިމާކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް!

ޑީކޮންގެޝަން ޕްރޮގްރާމުގެ ތެރެއިން އިތުރު 12 އުޅަނދު ޓޯވްކޮށްފި
