
ރާއްޖެއާއި މޮރޮކޯއާއި ދެމެދު ޓްރާންސްޕޯޓާއި އޭވިއޭޝަން ދާއިރާއިން އެއްބާރުލުން އިތުރުކުރަނީ
# ޓްރާންސްޕޯޓް މިނިސްޓްރީ--
މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މުޙައްމަދު މަލިކީ، ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރ މުޙައްމަދު އަމީން އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ޓްރާންސްޕޯޓާއި އޭވިއޭޝަން ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަޝްވަރާތައް ކުރެވުނެވެ. އަދި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ފަރާތުންވެސް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ މެދު ވާހަކަދެކެވުނެވެ. އަދި ޚާއްޞަކޮށް ޓްރާންސްޕޯޓާއި އޭވިއޭޝަން ދާއިރާގައި ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ގުޅުންހުރި

އައު ލައިސެންސް ޓްރެކަކާއި އެކު ދާންދޫއިން "އޭ" ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ދޫކުރަން ފަށައިފި

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ޖުލައި މަހު ފަށަނީ

ފަހު 10 ގެ ބަންދާއި ދިމާކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް!
