logoEN
cocacola
ރޭވެސް ޣައްޒާއަށް ޔަހޫދީންގެ ވަރުގަދަ ހަމަލާތަކެއް, ޝަހީދުވި 25 މީހުންގެ ތެރޭގައި 6 ކުޑަކުދިން!

ރޭވެސް ޣައްޒާއަށް ޔަހޫދީންގެ ވަރުގަދަ ހަމަލާތަކެއް, ޝަހީދުވި 25 މީހުންގެ ތެރޭގައި 6 ކުޑަކުދިން!

އަހުމަދު ޝުރާއު

logo

10/8/2024, 7:14:05 AM

# ޣައްޒާ

ޣައްޒާއަށް ރޭވެސް ޔަހޫދީން ވަރުގަދަ ހަމަލާތަކެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުން ޣައްޒާގެ މެދުތެރެއަށް ރޭ ދިން ހަމަލާތަކުގައި ހަ ކުޑަކުދިންނާއި ދެ އަންހެނުންނާއެކު ޖުމުލަ 25 މީހުން ވަނީ ޝަހީދުވެފައެވެ.

މި އަދަދުތައް ހާމަކުރީ ޝަހީދުވި މީހުންގެ ހަށިތައް ގެންދިޔަ އަލް އަޤްޞާ ހޮސްޕިޓަލުންނެވެ. އެހޮސްޕިޓަލުން ބުނީ ރޭގެ ހަމަލާތަކުގައި ގިނަ ބަޔަކަށް ބޮޑެތި ޒަހަމްތަކެއްވެސް ލިބިފައިވާ ކަމަށެވެ.

ޣައްޒާއަށް ރޭ ޔަހޫދީން އެންމެ ބޮޑު ހަމަލާތަކެއް ދިނީ . ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ސަރަހައްދުގައި ހުރި ގެތަކަށެވެ. އެގޮތުން އެސަރަހައްދުގެ ދެ ގެއަކަށް ވަރުގަދަ ހަމަލާއެއް ދީ ދެ އިމާރާތް ވަނީ ބިމާއި ހަމަކޮށްލާފައި އެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 42،000 އާ ގާތްވެފައިވާއިރު ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ލައްކައެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ. ޣައްޒާގެ ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައިވެސް ކުޑަކުދިންނާއި އަންހެނުން ގިނައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ