logoEN
cocacola
މިއަދު އެކަނިވެސް ހިޒްބުاللهގެ 130 އަށްވުރެ ގިނަ ހަމަލާ އިޒްރޭލަށް, ބައެއް ޔަހޫދީން ޒަހަމްވެސް ވި!

މިއަދު އެކަނިވެސް ހިޒްބުاللهގެ 130 އަށްވުރެ ގިނަ ހަމަލާ އިޒްރޭލަށް, ބައެއް ޔަހޫދީން ޒަހަމްވެސް ވި!

އަހުމަދު ޝުރާއު

logo

10/7/2024, 4:32:11 PM

# ހިޒްބުالله

7 އޮކްޓޯބަރު 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާއި އެކު އިޒްރޭލާއި ޣައްޒާގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ދެމެދު ބޮޑު ހަނގުރާމައެއް ފެށުނުތާ މިއަދަށް އެއް އަހަރު ވެގެން ދިޔައިރު މިއަދާއި ދިމާކޮށް ހިޒްބުاللهއިން އިޒްރޭލަށް ގިނަ ހަމަލާތަކެއް ދީފި އެވެ.

ގޮސިޔާ

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން މިއަދު އިޒްރޭލަށް 135 ރޮކެޓު ހަމަލާ ފޮނުވާފައިވާކަން ހާމަކުރީ އިޒްރޭލު އަސްކަރިއްޔާއިންނެވެ. ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާއިން މިއަދު ބުނީ މިއަދު އިޒްރޭލު ގަޑިން ހަވީރު 5 ޖެހުމާއި ނިޔަލަށް ހިޒްބުالله އިން ފޮނުވާލި ގާތްގަނޑަކަށް 135 ރޮކެޓް ލުބުނާނުން އިޒްރޭލުގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.

ނަމަވެސް މި ހަމަލާތަކުގައި ގެއްލުންތަކެއް ލިބުނު ކަން އިޒްރޭލު އަސްކަރިއްޔާއިން ނުބުނި ނަމަވެސް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުުކުރާ ގޮތުގައި ހިޒްބުاللهގެ ހަމަލާތަކުގައި އިޒްރޭލުގެ އެކި ސަރަހައްދުތަކުން ޔަހޫދީންތަކެއް ވަނީ ޒަހަމްވެފައި އެވެ.

ހިޒްބުالله އިން ޔަހޫދީންނަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިމިވަނީ ޔަހޫދީން އެޖަމާއަތުގެ އިސް ލީޑަރު ހަސަން ނަސްރަالله އަވަހާރުކޮށްލުމާއި ގުޅިގެންނެވެ. ނަސްރަاللهގެ އިތުރުންވެސް ޔަހޫދީން މިހާރު ލުބުނާނަށް ދެމުންދާ ވަރުގަދަ ހަަމަލާތަކުގައި ހިޒްބުاللهގެ ގިނަ ހަނގުރާމަވެރިން ޝަހީދުވަމުންދާކަމަށް ހިޒްބުالله އިން ވެސް ބުނެއެވެ.

ނަމަވެސް އެއީ ހިޒްބުاللهގެ ހަމަލާތައް ހުއްޓާލާނެ ހުއްޖަތެއް ނޫންކަމަށް ހިޒްބުالله އިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ