logoEN
cocacola
ހިޒްބުالله ގެ ލީޑަރު ކަމަށް އައްޔަނުކުރަން ނިންމި ސާފިއްދީން އަވާހާރަކޮށްލާފައިވާ ކަމުގެ އަޑު ތަކެއް!

ހިޒްބުالله ގެ ލީޑަރު ކަމަށް އައްޔަނުކުރަން ނިންމި ސާފިއްދީން އަވާހާރަކޮށްލާފައިވާ ކަމުގެ އަޑު ތަކެއް!

އަހުމަދު ޝުރާއު

logo

10/5/2024, 10:59:28 AM

# ހިޒްބުالله

ލުބުނާނުގެ ޖަމާއަތެއް ކަމަށްވާ ހިޒްބުالله ގެ ލީޑަރު ކަމަށް އައްޔަނުކުރަން ނިންމާފައިވާ ހާޝިމް ސާފިއްދީން އަވާހަރަކޮށްލާފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

ހިޒްބުاللهގެ ކުރީގެ ލީޑަރު ހަސަން ނަސްރަالله މިދިޔަ ހުކުރު ދުވަހު އަވަހާރަކޮށްލުމާއި އެކު ހިޒްބުالله ގެ ހިންގުން ހަވާލުކުރުމަށް ނިންމާފައިވަނީ ނަސްރަالله ގެ އާއިލީ ބޭފުޅެއް ކަމަށްވާ ހާޝިމް ސާދިއްދީން އާއި ކަމަށް މީގެ ކުރިން ބޭރުގެ ބޮޑެތި މީޑިތާކުން ވަނީ ލަފާކޮށްފައެވެ,

ނަމަވެސް އިއްޔެއިން ފެށިގެން އިޒްރޭލުން ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް ޔަހޫދީން ދިން ވައިގެ ހަމަލާތަކަކަށްފަހު ހިޒްބުالله ގެ އައު ލީޑަރުކަމަށް އައްޔަނުކުރަން ނިންމި ސާފިއްދީންގެ އެއްވެސް ހަބަރެއް ނުވާކަމަށް ލުބުނާނުގެ ސަލާމަތީ ތިން އޮފިޝަލަކު ހޮނިހިރު ދުވަހު ރޮއިޓާސްއަށް ވަނީ މައުލޫމާތު ދީފައި އެވެ. މިއާއި އެކު ޔަހޫދީންގެ ހަމަލާގައި އޭނާ އަވަހާރަވީކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ވަނީ ބުނެފައި އެވެ.

ނަމަވެސް އޭނާގެ ހަށިގަނޑު އަދި މިހާތަނަށް ފެނިފައި ނުވާތީ ހިޒްބުالله އިން ރަސްމީކޮށް މިކަން ހާމަކޮށްފައެއް ނުވެއެވެ.

ނަސްރުاللهގެ ކޮއްކޮއެއް ކަމަށްވާ ސާފިއްދީން އަކީ ހިޒްބުالله ގެ އިސް ފަރާތެކެވެ. އޭނާއަކީ ނަސްރަالله އަށްފަހު ހިޒްބުالله ގެ އެންމެ މަތީ ފަޑީގެ އެއް ލީޑަރަށް ވާއިރު އޭނާ ހިޒްބުالله ގެ ހިންގުމާއި ހަވާލުވުމަށްޓަކައި އިރާނުން އެކަމަށް ތާއީދުކޮށްފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް މީގެ ކުރިން ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ