logoEN
cocacola
ލުބުނާނުގެ ފިޔާ ސްޓޭޟަނަކަށް ޔަހޫދީން ދިން ހަމަލާއެއްގައި 10 މީހަކު ޝަހީދުވެއްޖެ

ލުބުނާނުގެ ފިޔާ ސްޓޭޟަނަކަށް ޔަހޫދީން ދިން ހަމަލާއެއްގައި 10 މީހަކު ޝަހީދުވެއްޖެ

އަހުމަދު ޝުރާއު

logo

10/7/2024, 12:17:45 PM

# ލުބުނާން - އިސްރާއިލް

ޔަހޫދީ އިޒްރޭލުން ލުބުނާނުގެ ފަޔާ ސްޓޭޝަނަކަށް ބޮން އަޅައި ބަޔަކު ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ލުބުނާނުގެ ބަރާޗިތު އަވަށުގައި ހުންނަ އިސްލާމިކް ހެލްތު އޮތޯރިޓީއާ ގުޅިފައިވާ ފަޔަރ ސްޓޭޝަނަކަށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި އަލިފާން ނިއްވާ 10 މީހަކު ޝަހީދުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައި އެވެ.

ލުބުނާނުގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީން ހެލްތު މިނިސްޓްރީއާ ހަވާލާދީ ބުނެފައި ވަނީ ޝަހީދުވި އަލިފާން ނިއްވާ މީހުން ތިބީ "ރެސްކިއު މިޝަންތަކަށް ނުކުތުމަށް ތައްޔާރަށް ހުރި އިމާރާތުގައި" ކަމަށާއި މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.

އިޒްރޭލުން ބުނާ ގޮތުގައި ހަމަލާތައް އަމާޒުކުރަމުންދަނީ ހިޒްބުالله ގެ ކޮމާންޑު ސެންޓަރުތަކާއި އެޖަމާއަތުގެ ހަނގުރާމަވެރިންނަށެވެ. ނަމަވެސް ލުބުނާނަށް ޔަހޫދީން ދެމުން އަންނަ ހަމަލާތަކުގައި ސިއްހީ ހިދުމަތްތެރިންނާއި ރެސްކިއު އޮފިޝަލުން ޝަހީދުވާ މިންވަރު ވަނީ އިތުރު ވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ