logoEN
cocacola
އިޒްރޭލުން ޖަބާލިއާ ރެފިއުޖީ ކޭމްޕަށް މިއަދު ދިން ހަމަލާގައި 9 ކުޑަކުދިން ޝަހީދުވެއްޖެ

އިޒްރޭލުން ޖަބާލިއާ ރެފިއުޖީ ކޭމްޕަށް މިއަދު ދިން ހަމަލާގައި 9 ކުޑަކުދިން ޝަހީދުވެއްޖެ

އަހުމަދު ޝުރާއު

logo

10/6/2024, 1:40:10 PM

# ޣައްޒާ

ނިރުބަވެރި އިޒްރޭލުން ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާތަކުގައި 17 މީހަކު ޝަހީދުވެއްޖެ އެެވެ.

ގޮސިޔާ

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނީ އެ ސަރަހައްދުގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ނުވަ ކުޑަކުދިންނާ އެކު 17 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

މި ހަމަލާގައި އެކޭމްޕަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް އެއިދާރާއިން ހާމަކުރެއެވެ.

އިޒްރޭލު ސިފައިން ބުނީ ޖަބާލިއާއަށް ހަމަލާދިނީ ހަމާސް އިން އެތަނުގައި އަލުން ކޮމާންޑު ސެންޓަރުތަކެއް ހެދުމަށް މަސައްކަތް ކުރަން އުޅޭ ކަމުގެ އިޝާރާތެއް ލިބުމުން ކަމަށެވެ. ހަމާސްއާއި ދެކޮޅަށް ކަމަށްބުނެ ޔަހޫދީން ޣައްޒާގެ އެތަކެއް ރެފިއުޖީ ކޭމްޕުތަކަކަށް ދަނީ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި ހަނގުރާމަވެރިންނަށްވުރެ އާންމުން ޝަހީދުވާ އަދަދު ގިނަ ކަމަށް ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ޔަހޫދީން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭތާ މާދަމާއަށް އެއް އަހަރު ފުރޭ އިރު މިހާތަނަށް ޣައްޒާއިން 42,000 އާއި ގާތް ކުރާ އަދަދަކަށް މީހުން ޝަހީދުވެފައި ވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ