logoEN
cocacola
މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަންވިލާގެ ކުރިމަތިލުން އެއްވަރު

މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަންވިލާގެ ކުރިމަތިލުން އެއްވަރު

ހަސަން ޝަމްއޫން

logo

10/6/2024, 1:18:23 PM

# އެސްޓަން ވިލާ # މެންޗެސްޓަރ ޔުނައިޓެޑް# އިނގިރޭސި ޕްރެމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން...

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑުން އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

ގޮސިޔާ

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން އެޓީމު ބަލިވެފައިވާއިރު، އެސްޓަންވިލާ އެންމެފަހުން އިޕްސްވިޗް އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ މެންޗެސްޓާ ޔުނައިޓެޑެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނެތެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ދެޓީމިގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން ފަހުހާފުގެ 68 ވަނަ މިނެޓުގައި އެސްޓަންވިލާ ޕެނަލްޓީ އެރިއާ ބޭރުން ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމެއްގައި ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެސްޓަންވިލާއަށް ވެސް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުންނުކުރެވިފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިނަތީޖާއެކު ކުޅުނު ހަތް މެޗުން އެސްޓަން ވިލާއަށް 14 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ކުޅުނު ހަތް މެޗުން ޔުނައިޓެޑަށް އަށް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ