logoEN
cocacola
ޔަހޫދީން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި އެކު ލުބުނާނުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފަށާ ތާރީހު ފަސްކޮށްފި

ޔަހޫދީން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި އެކު ލުބުނާނުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފަށާ ތާރީހު ފަސްކޮށްފި

އަހުމަދު ޝުރާއު

logo

10/6/2024, 12:04:42 PM

# ލުބުނާން - އިސްރާއިލް

ޔަހޫދީ އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި އެކު ލުބުނާނުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފަށާ ތާރީހު ފަސްކޮށްފި އެވެ.

ގޮސިޔާ

ލުބްނާނުގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެ ގައުމުން ސްކޫލް އަހަރު ފެށުން ފަސްކުރަން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އައްބާސް ހަލަބީ ވިދާޅުވީ އެއް މިލިއަނަށް ވުރެ ގިނަ ދަރިވަރުން ކިޔެވުން ފަށަން އޮތް ތާރީހު ފަސްކުރީ އެއްމަހުގެ މުއްދަތަކަށް ކަމަށާއި އާ ތާރީހަކީ ނޮވެމްބަރު 4 ކަމަށެވެ.

އަދި މި ނިންމުން ނިންމާފައިވަނީ "ސެކިއުރިޓީ ރިސްކް"ތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

ލުބުނާނުގެ ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީން ޝާއިއުކޮށްފައިވާ މައުލޫމާތަށް ބަލާއިރު, އަމިއްލަ ޔުނިވާސިޓީތަކުގެ ކިޔެވުން މާދަމާ ފަށައިގަނެވޭނީ އެޔުނިވާސިޓީތަކުން ހާލަތަށް ރިޔާއަތް ކުރުމަށް ފަހުގައި އެވެ.

ލުބުނާނަށް އަމާޒުކޮށް ޔަހޫދީން މިިދިޔަ މަހު ވަނީ ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި އެވެ. ހަމަލާތަކުގެ އާމަޒަކީ ހިޒްބުالله ކަން ޔަހޫދީން ހާމަކުރި ނަމަވެސް ހަމަލާތަކުގައި ގިނަ އަދަދެއް ކުޑަކުދިންނާއި ދަރިވަރުން ވަނީ ޝަހީދުވެފައި އެވެ. އަދި ލުބުނާނުގެ ދެ ލައްކައަށްވުރެ ގިނަ ރައްޔިތުން ވަނީ މިހާރުވެސް އެގައުމާއި ކައިރި އެހެން ގައުމުތަކަށް ހިޖުރަ ކޮށްފަކަން އދ އިން ވެސް ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ