logoEN
cocacola
ހިޒްބުالله ގެ އިތުރު ކޮމާންޑަރަކު ޝަހީދުކޮށްލައިފި

ހިޒްބުالله ގެ އިތުރު ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

10/6/2024, 11:51:49 AM

# ލުބުނާން - އިސްރާއިލް

ލުބުނާނުގެ ޖަމާއަތެއްކަމަށްވާ ހިޒްބުالله ގެ އިތުރު އިސް ކޮމާންޑަރަކު ޔަހޫދީންގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ލުބުނާނަށް ދިން ހަމަލާއެއްގައި ޝަހީދުކޮށްލީ ކްފަރުކެލާ ކުންފުނީގެ ކޮމާންޑަރު ހާދަރު އަލީ ތަވީލް ކަމަށެވެ.

އޭނާ ޝަހީދުކޮށްލިކަން އިޒްރޭލު އަސްކަރިއްޔާއިން އިއުލާނު ކުރި ނަމަވެސް އެކަމާއި ގުޅިގެން އަދި މިހާތަނަށް ހިޒްބުاللهއިން ބަހެއް ބުނެފައެއް ނުވެއެވެ.

ނިރުބަވެރި އިޒްރޭލުން ބުނީ ހާދަރު އަލީ ތަވީލް އަކީ ކްފަރުކެލާ ކުންފުނީގެ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށާއި އިޒްރޭލުގެ އުތުރުގައި ތިބި އިސްރާއީލުގެ މުޖުތަމައުތަކާ ދިމާލަށް އެތައް ސަތޭކަ ޕްރޮޖެކްޓައިލްތަކާއި އެންޓި ޓޭންކް މިސައިލް ތައް ފޮނުވާލުމުގެ ފަހަތުގައި ހުރީ ހާދަރު ކަމަށެވެ.

އިޒްރޭލުން ލުބުނާނަށް ދެމުންދާ ވަރުގަދަ ހަމަލަތާކުގައި ހިޒްބުاللهގެ މަތިފަޑީގެ އެތަކެއް ކޮމާންޑަރުންތަކެއް ދަނީ ޝަހީދުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ