
ޔަހޫދީ އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއިން ސީރިއާގެ ސަރަހައްދަކަށް ޑްރޯން ހަމަލާތަކެއް ދީފި އެވެ.

ސިރިއާގެ ދައުލަތުގެ ނިއުސް އެޖެންސީ ސަނާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ވަނީ "ހުޅަނގު ހޯމްސްގެ"އަވަށްތަކަށް ޔަހޫދީން ދިން ޑްރޯން ހަމަލާތަކެއް އިންޓަސެޕްޓުކޮށްފަ އެވެ.
މިއީ ސީރިއާ-އިރާގު ބޯޑަރުގައި ވާ އަލް ބުކަމަލް ސިޓީއަށް އިސްރާއީލުގެ ޑްރޯނަކުން ވައިގެ ހަމަލާއެއް ދިން ކަމަށް ބައެއް ބޭރުގެ ރިޕޯޓުތައް ބުނަމުން ދިޔަ ދަނޑިވަޅެއްގައި ސަނާއިން ރިޕޯޓުކުރި ހާދިސާއެކެވެ.
މި ޑްރޯން ހަމަލާ ހޯމްސްގެ ވެހިކަލަކަށް އަމާޒުވެ އެކަކު ޝަހީދުވެފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އިޒްރޭލު އަސްކަރިއްޔާއިން ބަހެއް ބުނެފައި ނުވެއެވެ.
ގުޅުންހުރި

ސީރިއާއަށް ދިޔުން ހުއްދަކުރި ނަމަވެސް އެގައުމަށް ހަނގުރާމައަށް ގޮސް ތިބި މީހުންނާއި މެދު ފިޔަވަޅު އަޅާނެ - ހޯމްލޭންޑް މިނިސްޓްރީ
އަލްގައިދާގެ ގޮތްޕެއްގެ ގޮތުގައި ލޭބަލްކޮށްފައި އޮތް އެޗްޓީއެސްއަކީ ނިރުބަވެރި ޖަމާއަތެއް ނޫންކަމަށް އެމެރިކާއިން ކަނޑައަޅައިފި

ސީރިއާގެ އަސްކަރީ މަރުކަޒުތަކަކަށް ޔަހޫދީން ވައިގެ ހަމަލާތަކެއްދީފި





