
-
އިސްރާއީލުގެ އަމާޒުތަކަށް ތިން ޕްރޮޖެކްޓައިލް ފޮނުވާލާފައިވާ ކަމަށް އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސް އިން ބުނެފި އެވެ.

އިރާގުގައި ހަރަކާތްތެރިވާ އީރާނާ ގުޅިފައިވާ ސިފައިންގެ ގްރޫޕުން ބުނީ އިސްރާއީލުގެ ހިފާފައިވާ ގޯލާން އަދި ޓިބީރިއާސްގެ ތިން އަމާޒަކަށް އަމާޒުކޮށް ޕްރޮޖެކްޓަލްތަކެއް މިއަދު ފޮނުވާލާފައިވާ ކަމަށެވެ.
އިރާގުގެ އިސްލާމިކް ރެސިސްޓަންސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ސިފައިންގެ މި ހަމަލާތަކަކީ ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކެއް ކަމަށާއި ހަމަލާތައް ދީފައިވަނީ ހުކުރު ދުވަހުގެ ފަތިހު ކަމަށެވެ.
އަދި ދުޝްމަނުން ( އިޒްރޭލަށް ) ހަމަލާދިނުމަށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށްވެސް އިސްލާމިކް ރެސިސްޓެންސްގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.
އިރާގުން މިފަދަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު ދާދި ފަހުން އިރާނުން ވަނީ އިޒްރޭލަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލާފައި އެވެ.