
ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅަން އެޗްޑީސީއާ ހަވާލުކޮށްފި
# އެޗްޑީސީ# ޕާކިންގ މައްސަލަ# ޓްރާންސްޕޯޓް މިނިސްޓްރީ-
ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅަން އެޗްޑީސީއާ ހަވާލުކޮށްފި އެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު މުހައްމަދު އަމީނެވެ. އަދި އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މި މަސައްކަތަކީ މާލޭގެ މަގުތަކުގައި އުޅަނދުތައް ތޮއްޖެހުމުގެ މައްސަލައަށް ޙައްލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްފުޅުގެދަށުން ފަށްޓަވާ މަސައްކަތެއްކަމަށެވެ.
4000 ޕާކިން ސްލޮޓް ހިމެނޭގޮތަށް 15 ޕާކިން އިމާރާތުން ސްލޮޓްތައް ވިއްކުމަށް ނިންމާފައިވަނީ ދާއިމީކޮށެވެ. އެތަނުން ގަރާޖު ސިޓީވެސް ނެގޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ 15 އިމާރާތުގެ މަސައްކަތް ކުރިއަށްގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން ކޮންޓްރެކްޓަރެއް ނަގައި މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އަދި އަމާޒަކީ ފުރަތަމަ އަހަރު 7 ޢިމާރާތުގެ މަސައްކަތް ނިންމުން ކަމަށް ފަޒުލް ވިދާޅުވި އެވެ.
މި ޕާކިން ބިލްޑިންގތަކުގައި ޖުމްލަ 3،920 ކާރު ސްލޮޓާއި، ސައިކަލަށް ހާއްސަ 3،426 ކާގަ ދޫ ކުރާނެއެވެ. ބީލަމުގެ އުސޫލުން %90 އިންސައްތަ ޖާގަ ދޫކުރަން ނިންމާފައިވާއިރު، ބާކީ %10 ދޫކުރަން ނިންމާފައި ވަނީ އެ ޕާކިން ބިލްޑިންގެ ތިރީ ފަންގިފިލާގައި ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތަކަށެވެ.
ގުޅުންހުރި

ފަޒުލް އަދި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައެއްނުވޭ: ޕީޖީ

ހުޅުމާލޭގައި ދެ ހާހެއްހައި ވެހިކަލް ޕާކުކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅައިފި

އެޗްޑީސީގެ ވެބްސައިޓަށް އޭއައި ބޮޓު 'މިތުރު' އަދި އެކްސެސިބިލިޓީ އިތުރުކޮށް އާ ފީޗާސްތަކެއް!





