logoEN
cocacola
އިޒްރޭލުގެ ވައިގެ ހަމަލާތައް ލުބުނާނުގެ ބޮޑުވަޒީރު އޮފީހާ ކައިރި ސަރަހައްދުތަކަށް އަމާޒުކުރުމުން މަޝްރަހު އިތުރަށް ހޫނުވެއްޖެ

އިޒްރޭލުގެ ވައިގެ ހަމަލާތައް ލުބުނާނުގެ ބޮޑުވަޒީރު އޮފީހާ ކައިރި ސަރަހައްދުތަކަށް އަމާޒުކުރުމުން މަޝްރަހު އިތުރަށް ހޫނުވެއްޖެ

އަލްފާ އަލީ

logo

10/3/2024, 7:18:12 AM

# އިސްރާއިލް# ލުބުނާން - އިސްރާއިލް# ހިޒްބުالله

އިޒްރޭލުން އެއްގަމު މަގުން ދޭން އުޅުނު ހަމަލާތައް މަޑު ޖައްސާލުމަށްފަހު ލުބުނާނާށް ދެމުން އަންނަ ވައިގެ ހަމަލާތައް އިތުރުކޮށްފި އެވެ.

ގޮސިޔާ

ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުން އަންނަނީ ލުބުނާނުގެ ބެއިރޫތަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތައް މިފަހަރު ދީފައިވަނީ ބެއިރޫތްގެ ބަޗޯރާ ސަރަހައްދަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ލުބުނާނުގެ ބޮޑުވަޒީރުގެ އޮފީހާ 1 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް 6 މީހަކު ވަނީ ޝަހީދުވެފައެވެ. މިއީ ލުބުނާނުގެ ދެކުނު ބޯޑަރާ ކައިރި ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކަށް އިޒްރޭލުން ދިން ދެވަނަ ހަމަލާއެވެ. މި ހަމަލާއާ ގުޅިގެން ލުބުނާނުގައި ރައްކާތެރި އެއްވެސް ސަރަހައްދެއް ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރު އިޒްރޭލުން ހަނގުރާމަކުރަމުން ދަނީ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله އާ ދެކޮޅަށެވެ. ނަމަވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި, އިޒްރޭލުން ލުބުނާނުގެ ސަރުކާރުގެ އިމާރާތްތަކާ އަސްކަރީ މަރުކަޒުތަކާ ކައިރި ސަރަހައްދުތަކަށް ހަމަލާދެމުންދާނަމަ ލުބުނާނުންވެސް ރަސްމީކޮށް މީގެ ތެރެއަށް ވަންނާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ