logoEN
cocacola
ހޫތީންގެ ކާމިޔާބު ޑްރޯން ހަމަލާއެއް އިޒްރޭލަށް!

ހޫތީންގެ ކާމިޔާބު ޑްރޯން ހަމަލާއެއް އިޒްރޭލަށް!

އަލްފާ އަލީ

logo

10/3/2024, 7:01:36 AM

# ޔަމަނު# ހޫތީން# އިސްރާއިލް

އިޒްރޭލުގެ ތެލް އަވީވަށް ކާމިޔާބު ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފި އެވެ.

ގޮސިޔާ

ހޫތީންގެ ތަރުޖަމާން ޔަހްޔާ ސަރީ ވިދާޅުވީ, ހޫތީން ކުރިއަށް ގެންދިޔަ ޑްރޯން އޮޕަރޭޝަން ގައި ކާމިޔާބުކަމާއެކު އަމާޒަށް ހަމަލާދީފައިވާ ކަމަށެވެ. އަދި މިހަމަލާގައި އަމާޒަށް ޑްރޯންތައް ފޮނުވާލާފައިވަނީ އިޒްރޭލު ސިފައިންނަށް ޑްރޯން ވައްޓާލުމުގެ ފުރުސަތު ނުލިބި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ކަމަށް ބެލެވެއެވެ. މި ހަމަލާގެ މާކަބޮޑު ތަފްސީލެއް ހޫތީންވެސް ހާމަކޮށްފައެއް ނުވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ, ރޭގެ ވަގުތެއްގައި "ޝައްކުކުރެވޭ ވައިގެ އުޅަނދަކަށް" ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ހޫތީން ވަނީ ބުދަ ދުވަހު އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށްވެސް ބުނެފައެވެ.

އިތުރު ތަފްސީލް އަންނަނީ....

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ