logoEN
cocacola
އިޒްރޭލުގައި ތިބި އެމެރިކާ ރައްޔިތުން ރައްކާތެރި ތަންތަނަށް ދިޔުމަށް އަންގައިފި

އިޒްރޭލުގައި ތިބި އެމެރިކާ ރައްޔިތުން ރައްކާތެރި ތަންތަނަށް ދިޔުމަށް އަންގައިފި

އަހުމަދު ޝުރާއު

logo

10/1/2024, 2:41:40 PM

# އިސްރާއިލް# އެމެރިކާ

އިޒްރޭލުގައި ތިބި އެމެރިކާ ރައްޔިތުން ރައްކާތެރި ތަނެއްގައި ހިޔާވަހިކަން ހޯދަން އެމެރިކާ ސަރުކާރުން އަންގައިފި އެވެ.

ގޮސިޔާ

އެމެރިކާ ސަރުކާރުން މިފަދައިން އަންގާފައި މިވަނީ އިރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވެފައިވާ ކަމުގެ އިޝާރާތެއް އެމެރިކާގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެންނެވެ.

އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ކުއްލި އެލާޓެއްގައި ބުނީ ސަލާމަތީ ހާލަތު މިހާރު އޮތް ގޮތުން އެމެރިކާ އެމްބަސީން ވަނީ ވަކި ގޮތެއް އަންގަންދެން އެމެރިކާގެ ސަރުކާރުގެ ހުރިހާ މުވައްޒިފުންނާއި އެ މީހުންގެ އާއިލާގެ މީހުން އެމްބަސީގައި ހިޔާވަހިކަށް ހޯދުމަށާއި އިޒްރޭލުގައި ތިބި އެމެރިކާގެ ރައްޔިތުން ރައްކާތެރި ތަންތަނުގައި ހިޔާވަހިކަށް ހޯދުމަށް އަންގާ ކަމަށެވެ.

ވައިޓް ހައުސްގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އީރާނުން އިސްރާއީލާ ދެކޮޅަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދޭން ތައްޔާރުވަމުންދާކަމުގެ އިޝާރާތެއް އެމެރިކާއަށް ލިބިފައިވާ ކަމަށެވެ.

އޮފިޝަލް ބުނީ މި ހަމަލާއިން އިސްރާއީލު ދިފާއުކުރުމަށް ޑިފެންސިވް ތައްޔާރީތަކަށް އަމަލީ ގޮތުން އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

އިޒްރޭލުން ސީދާ އީރާނުން އަސްކަރީ ހަމަލާއެއް ދީފިނަމަ އީރާނަށް ބޮޑެތި ގެއްލުންތަކެއް ކުރާނެ ކަމުގެ އިންޒާރުވެސް އޮފިޝަލް ވަނީ އެމެރިކާ ސަރުކާރުގެ ފަރާތުން ދީފައި އެވެ.

ހިޒްބުالله ގެ ލީޑަރު ހަސަން ނަސްރަالله އާއި އެކު މިދިޔަ ހުކުރު ދުވަހު ޝަހީދުކޮލި ގުދުސް ފޯސްގެ އިސް ކޮމާންޑަރެއް ކަމަށްވާ އައްބާސް ނިލްފޯޝަން މަރާލުމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ