logoEN
cocacola
އިރާނުން އިޒްރޭލަށް ހަމަލާދީފި ހާލަތެއްގައި އިޒްރޭލުގެ ދިފާއުކުރަން އެމެރިކާ ތައްޔާރު - ވައިޓް ހައުސް އޮފިޝަލް

އިރާނުން އިޒްރޭލަށް ހަމަލާދީފި ހާލަތެއްގައި އިޒްރޭލުގެ ދިފާއުކުރަން އެމެރިކާ ތައްޔާރު - ވައިޓް ހައުސް އޮފިޝަލް

އަހުމަދު ޝުރާއު

logo

10/1/2024, 2:07:32 PM

# އެމެރިކާ

އިރާނުން އިޒްރޭލަށް ވަރުގަދަ މިސައިލް ހަމަލާއެއް ދޭން ތައްޔާރުވެފައިވާ ކަމަށާއި އެހަމަލާ އަތުވެއްޖެ ނަމަ އެމެރިކާ އޮތީ އިޒްރޭލުގެ ދިފާއުގައި ހަނގުރާމަކުރަން ތައްޔާރަށް ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ބުނެފި އެވެ.

ގޮސިޔާ

ވައިޓް ހައުސްގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އީރާނުން އިސްރާއީލާ ދެކޮޅަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދޭން ތައްޔާރުވަމުންދާކަމުގެ އިޝާރާތެއް އެމެރިކާއަށް ލިބިފައިވާ ކަމަށެވެ.

އޮފިޝަލް ބުނީ މި ހަމަލާއިން އިސްރާއީލު ދިފާއުކުރުމަށް ޑިފެންސިވް ތައްޔާރީތަކަށް އަމަލީ ގޮތުން އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

އިޒްރޭލުން ސީދާ އީރާނުން އަސްކަރީ ހަމަލާއެއް ދީފިނަމަ އީރާނަށް ބޮޑެތި ގެއްލުންތަކެއް ކުރާނެ ކަމުގެ އިންޒާރުވެސް އޮފިޝަލް ވަނީ އެމެރިކާ ސަރުކާރުގެ ފަރާތުން ދީފައި އެވެ.

ހިޒްބުالله ގެ ލީޑަރު ހަސަން ނަސްރަالله އާއި އެކު މިދިޔަ ހުކުރު ދުވަހު ޝަހީދުކޮލި ގުދުސް ފޯސްގެ އިސް ކޮމާންޑަރެއް ކަމަށްވާ އައްބާސް ނިލްފޯޝަން މަރާލުމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ