
ފިލިޕީންސާއި އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަސްކަރީ އިންޓެލިޖެންސް ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
# ފިލިޕީންސް# ޗައިނާ# އެމެރިކާ--
ފިލިޕީންސް އާއި އެމެރިކާއާ ދެމެދު އަސްކަރީ އިންޓެލިޖެންސް ޙިއްޞާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޑިފެންސް (ޑީއެންޑީ) ގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސެކްރެޓަރީ އޮފް ޑިފެންސް ގިލްބާޓޯ ޓިއޮޑޯރޯ އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ލޮއިޑް އޮސްޓިން އެވެ.
ޖެނެރަލް ސެކިއުރިޓީ އޮފް މިލިޓަރީ އިންފޮމޭޝަން އެގްރީމެންޓްގެ ނަމުން ނަންދީފައިވާ މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ބައިވެރިއެއްގެ ގައުމީ ދިފާއުގައި ފައިދާ ކުރާނެ ފަދަ ސިއްރު މައުލޫމާތުތައް ފިލިޕީންސްއާއި ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދީ، ބައެއް ކްލެސިފައިޑް ޓެކްނޮލޮޖީތައް ވިއްކުން ސްޓްރީމްލައިން ކުރެވޭނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އޮސްޓިންގެ ފިލިޕީންސް ދަތުރުފުޅަކީ ދެކުނު އިރުމަތީ އޭޝިއާގެ އެ ގައުމަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅެވެ.
އެކްސްގައި އޮސްޓިން ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ އެމެރިކާ އާއި ފިލިޕީންސަކީ "ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ހިއްސާވާ އަސާސްތައް ދެމެހެއްޓުމަށް މަސައްކަތް ކުރާ ދެ ގައުމު" ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާގެ ވެރިކަމުގައި މެނީލާ އާއި ވޮޝިންޓަނާ ދެމެދު ސަލާމަތީ ގުޅުންތައް އިތުރަށް ބަދަހިވެފައިވާއިރު، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައާއި ޓައިވާނުގެ ކައިރީގައި ޗައިނާއިން ގެންގުޅެމުންދަނީ ހަރުކަށި ސިޔާސަތުތަކުގެ ގޮތުގައި ދެ ލީޑަރުން ވެސް ދެކެވަޑައިގަންނަވައެވެ.