logoEN
cocacola
ދިވެހި ސީމަނުންގެ ތެރެއިން 56 ފަރާތަކަށް "ސިޑް" ދޫކޮށްފި

ދިވެހި ސީމަނުންގެ ތެރެއިން 56 ފަރާތަކަށް "ސިޑް" ދޫކޮށްފި

އަހުމަދު ޝުރާއު

logo

10/1/2024, 8:38:59 AM

# ޓްރާންސްޕޯޓް މިނިސްޓްރީ

--

ދިވެހި ސީމަނުންނަށް ދިމާވެފައިވާ ގިނަ ދަތިތަކަށް ޙައްލެއް ގެނެސްދޭނެ ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމެންޓް (ސިޑް) ގެ ޚިދުމަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 56 ދިވެހި ސީމަނުންނަށް "ސިޑް" ދޫކޮށްފި އެވެ.

ގޮސިޔާ

ޓްރާންސްޕޯޓު މިނިސްޓްރީގެ ތާފާސްހިސާބުތައް ދައްކާ ގޮތުގައި، މިހާތަނަށް ޖުމްލަ 100 ދިވެހި ސީމަނުންނަށް "ސިޑް" އިޝޫ ކުރެވިފައިވާ އިރު، އޭގެ ތެރެއިން 56 ފަރާތަކުން މިހާރު ވަނީ "ސިޑް" އާއި ހަވާލުވެފައި އެވެ. ބާކީ 44 "ސިޑް" އަދި ގެންގޮސްފައި ނުވަނީ ގިނަ ސީމަނުން މިވަގުތު ބޯޓު ފަހަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބުމުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުނެއެވެ.

" ސިޑް" އަކީ ދުނިޔޭގެ ކޮންމެ ޤައުމަކުން ވެސް ޤަބޫލްކުރާ ފެންވަރުގެ ލިޔުމެކެވެ. މީގެ ކުރިން "ސިޑް" ނެތުމުގެ ސަބަބުން ދިވެހި ސީމަނުންނަށް ވަނީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ބައެއް ޤައުމުތަކުން ވަނީ "ސިޑް" ނެތުމުގެ ސަބަބުން ދިވެހި ސީމަނުން އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައެވެ. އަދި ބައެއް ޙާލަތްތަކުގައި ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކޮށްފައެވެ.

މީގެ އިތުރުން، "ސިޑް" ނެތުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ފަހު ކޮޅު ސީމަނުން ރެކްރޫޓް ކުރާ ކުންފުނިތަކުން ދިވެހިންނަށް ވަޒީފާ ދިނުން ހުއްޓާލާފައިވާ އިރު، ގިނަ ބައެއްގެ ވަޒީފާ ދިޔައީ ގެއްލެމުންނެވެ.

ނެތިގެން ދަމުން ދިޔަ މި ސިނާޢަތަށް ދިމާވެފައިވާ ދަތިތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތްޕުޅުން މިއަދު މިވަނީ މި ސިނާޢަތަށް އަލުން ދިރުމެއް ގެނެސްދީފައެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން މިހާރުވެސް ދަނީ ބާކީ ހުރި ފަރާތްތަކަށް "ސިޑް" ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

" "ސިޑް" ތަޢާރަފުކުރުމާއެކު ދިވެހި ސީމަނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް ހުރި ހުރަސްތައް ނައްތާލެވި، ދިވެހި ސީމަނުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ