
-
ތިލަފުއްޓަށް އެހެލާފައި އޮތް ޑިންގީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ދިގު މިނުގައި 25 ފޫޓު ހުންނަ މި ޑިންގީގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ރޭ 00:24 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ޑިންގީއަށް އެއްވެސް ގެއްލުމެއް ނުވަނީސް އަލިފާން ވަނީ ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ނުވެއެވެ.
ގުޅުންހުރި

ދިގުރަށު އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް ނިޔާވުން: އެޗްއާރްސީއެމުންވެސް މައްސަލަ ބަލަނީ

ދިގުރަށު އަލިފާނުގެ ހާދިސާ: މާލެ ގެނައި ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

އަލިފާން ރޯވި މަސްދޯނި އަޑިއަށް، ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ!

.gif&w=3840&q=75)



