logoEN
cocacola
ފަހުވަގުތު ކާމިޔާބުކުރި ދެލަނޑާއެކު އާސެނަލް އިން ލެސްޓާ ބަލިކޮށްފި

ފަހުވަގުތު ކާމިޔާބުކުރި ދެލަނޑާއެކު އާސެނަލް އިން ލެސްޓާ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

9/28/2024, 4:35:53 PM

# ލެސްޓާ ސިޓީ # އިގިރޭސި ޕްރިމިއާ ލީގް# ބޭރު ދުނިޔޭގެ ކުޅިވަރު# އާސެނަލް

އާސެނަލްގެ ބްރެޒިލް ފޯވާޑް ގެބްރިއަލް މާޓިނެލީ ލެސްޓާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...

އިގިރޭސި ޕްރެމިއާ ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލެސްޓާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކުރި ދެލަނޑާއެކު 4-2 ގެ ނަތީޖާއަކުން މޮޅުވެ އާސެނަލް އިން އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން އަރައިހަމަކޮށްފިއެވެ.

ގޮސިޔާ

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި ލެސްޓާ އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ފޯވާޑް ގެބްރިއަލް މާޓިނެލީ ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް ލިއަންޑްރޯ ޓްރޮސާޑްއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލެސްޓާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޭމް ޖަސްޓިން އެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޖަސްޓިން އެވެ.

އާސެނަލް އިން ދެވަނަ ފަހަރަށް މެޗުގެ ލީޑުހޯދި ލަނޑަކީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ލެސްޓާގެ މިޑްފީލްޑަރު ވިލްފްރެޑް އެންޑީޑީ އަތުން ބައިކޮށް ވަން ލަނޑެކެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކައި ހަވާޓްޒް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން އާސެނަލްއަށް 14 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ލެސްޓާއަށް ހަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ 16 ވަނައިގައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ