logoEN
cocacola
ޕަލްމާގެ ހަތަރު ލަނޑާއެކު ބްރައިޓަން އަތުން މޮޅުވެ ޗެލްސީ ތިންވަނައަށް

ޕަލްމާގެ ހަތަރު ލަނޑާއެކު ބްރައިޓަން އަތުން މޮޅުވެ ޗެލްސީ ތިންވަނައަށް

ހަސަން ޝަމްއޫން

logo

9/28/2024, 3:59:50 PM

# ބްރައިޓަން # ޗެލްސީ# ބޭރު ދުނިޔޭގެ ކުޅިވަރު# އިގިރޭސި ޕްރިމިއާ ލީގް

ޗެލްސީގެ މިޑްފީލްޑަރު ކޯލް ޕަލްމާ

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން ބްރައިޓަން އަތުން މޮޅުވެ، ޗެލްސީން ލީގުތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ވެސްޓްހަމް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ބްރައިޓަން އެންމެ ފަހުން ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އެވެ.

ދެޓިީމުގެ ފަރާތުން ވާދަވެރި އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބްރައިޓަން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޖިއޮޖީނިއޯ ރަޓަރ އެވެ. މިއީ ޗެލްސީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި އެޓީމުގެ މިޑްފީޑަރު ކާލޯސް ބަލެބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ފޯވާޑް ނިކޮލަސް ޖެކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކޯލް ޕަލްމާ އެވެ. އަދި އޭގެ ތިން މިނެޓުފަހުން އެޓީމުން އިތުރު ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

ޗެލްސީން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޕަލްމާ ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓުފަހުން ބްރައިޓަންގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ޕަލްމާ ވަނީ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ބްރައިޓަންގެ މިޑްފީޑަރު ކާލޯސް ބަލެބާ ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މިމެޗުގައި ޗެލްސީގެ ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޕަލްމާ އެވެ. އަދި މިލަނޑާއެކު ޕަލްމާ ވެގެންގޮސްފައިވަނީ ޕްރެމިއާ ލީގު ތާރީޚްގައި ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 4-2 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން ޗެލްސީއަށް 13 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ބްރައިޓަން ލީގުގައި ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ އަށް ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ