logoEN
cocacola
ތާޑް ޕާޓީ އިންޝުއަރެންސް ކުރުމުގެ އުސޫލަށް ބަދަލުގެނެސް ހަރުދަނާ ކުރަނީ

ތާޑް ޕާޓީ އިންޝުއަރެންސް ކުރުމުގެ އުސޫލަށް ބަދަލުގެނެސް ހަރުދަނާ ކުރަނީ

އަހުމަދު ޝުރާއު

logo

9/25/2024, 6:51:26 PM

# ޓްރާންސްޕޯޓް މިނިސްޓްރީ

--

ތާޑް ޕާޓީ އިންޝުއަރެންސް ކުރުމާއި އިންޝުއަރެންސުން ބަދަލު ލިބިދޭ އުޞޫލުތައް ހަރުދަނާ ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން މުހިންމު ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

ގޮސިޔާ

އެމިނިސްޓްރީން ބުނީ މި ބަދަލުތަކުގެ ތެރޭގައި އިންޝުއަރެންސް ކަވަރޭޖާއި ނުލައި އުޅަނދު ރަޖިސްޓްރީ ނުކުރެވޭނެގޮތަށް ހެދުމާއި، އިންޝުއަރެންސް ނުކުރާ އުޅަނދުފަހަރަށް މިނިސްޓްރީން އެއްވެސް ޚިދުމަތެއް ނުދެވޭނެގޮތަށް ގަވާއިދުތައް ބަދަލުކުރުން ހިމެނޭ ކަމަށެވެ.

މި ބަދަލުތަކާއެކު އިންޝުއަރެންސް ކުންފުނިތަކުގެ އިންޝުއަރެންސް ޕޮލިސީތަކަށްވެސް ބަދަލުތަކެއް ގެނެވޭނެއެވެ. އަދި މި ބަދަލުތަކުގެ މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، އެކްސިޑެންޓްތަކުގައި ގެއްލުންވާ ފަރާތްތަކަށް އެކަށީގެންވާ ބަދަލު ލިބިދިނުމެވެ.

މި އައު ބަދަލުތަކާއެކު، މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އަދި އުޅަނދު ދުއްވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އިންޝުއަރެންސް ކަވަރަވަރޭޖުގެ މިންވަރު އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، މި ބަދަލުތަކުން އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ