
ހައްޖު ކޯޕަރޭޝަނުން ތަރައްޤީކުރާ "ނިޢަމް ރެސިޑެންސް" މަޝްރޫޢުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުން އެފްޑީސީއަށް!
# އެފްޑީސީ# ހައްޖު ކޯޕަރޭޝަން-
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ތަރައްޤީކުރާ "ނިޢަމް ރެސިޑެންސް" މަޝްރޫޢުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ހައްޖު ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ.
އެފްޑީސީން ބުނީ މި އެއްބަސްވުމުގެ މަޤްޞަދަކީ ހައްޖު ކޯޕަރޭޝަނުގެ "ނިޢަމް ރެސިޑެންސް" މަޝްރޫއުއަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
މި އެއްބަސްވުމުގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މޯލްޑިވް ގޭސް އާއެކުވެސް ފަހުމުނާމާއެއްގެ ދަށުން މިފަދަ ޙިދުމަތްތައް އެފްޑީސީން ދަނީ ފޯރުކޮށްދެމުންނެވެ. އެފްޑީސީއަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެ ކޯޕަރޭޝަނުގެ މެންޑޭޓަށް އައި ބަދަލާއެކު، މި ކޯޕަރޭޝަނުން ދަނީ އާމްދަނީ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ތަންފީޛުކުރުމަކީ، މި ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވި، އެ ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އެފްޑީސީން ބުނެއެވެ.
ގުޅުންހުރި

ދިވެހި އުމްރާވެރިންގެ ތެރޭގައި ހިމެނޭ ތުއްތު ކުދިންނަށް ޚާއްސަ ހަވީރެއް!

ހައްޖު ކޯޕަރޭޝަނުން ތަރައްޤީކުރާ "ނިޢަމް ރެސިޑެންސް" މަޝްރޫޢުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުން އެފްޑީސީއަށް!

އެޗްޑީސީގެ ސަބްސިޑަރީއަކަށް އެފްޑީސީ ބަދަލުކޮށްފި, އެޗްޑީސީން އާންމުންނަށް ހިއްސާ ވިއްކަން ފެށުމަށް ވިސްނަނީ!
