logoEN
cocacola
ލައިސަންސްގެ ޚިދުމަތް ހަރުދަނާކުރުމަށް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި

ލައިސަންސްގެ ޚިދުމަތް ހަރުދަނާކުރުމަށް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި

އަހުމަދު ޝުރާއު

logo

9/24/2024, 4:40:01 PM

# ޓްރާންސްޕޯޓް މިނިސްޓްރީ

--

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ދިނުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި މި މިނިސްޓްރީ ޚާއްޞަ ޓްރެއިނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ގޮސިޔާ

މި ޕްރޮގްރާމަކީ އަތޮޅުތަކުގެ ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގޭ ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމެކެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާޢިދާއި، ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާ ގުޅޭގޮތުން މިނިސްޓްރީއިން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމެވެ. މީގެ ތެރޭގައި ޚިދުމަތް ދިނުމުގައި ޢަމަލީގޮތުން ބައިވެރިވާ މުވައްޒަފުންނާއި ކައުންސިލް އިދާރާތަކުގެ މުވައްޒަފުން ހިމެނެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގެ ސަބަބުން އަތޮޅުތަކުގައި ދެވޭ ލައިސަންސްގެ ޚިދުމަތުގެ ފެންވަރު މަތިވެ، އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ