logoEN
Sto top
ޑިސަޔަނަކެ ސްރީލަންކާގެ ރައީސް ކަމުގެ ހުވާކުރައްވައިފި

ޑިސަޔަނަކެ ސްރީލަންކާގެ ރައީސް ކަމުގެ ހުވާކުރައްވައިފި

އަލްފާ އަލީ

logo

9/23/2024, 5:56:03 AM

# ސްރީ ލަންކާ

-

ހޮނިހިރު ދުވަހު ބޭއްވި ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަނޫރާ ކުމާރަ ޑިސަޔަނަކެ, ރައީސްކަމުގެ ހުވާކުރައްވައިފި އެވެ.

Wamco

ޑިސަޔަނަކެ މި އިންތިހާބު ކާމިޔާބުކުރެއްވީ, 38 ކެންޑިޑޭޓުންނާ ވާދަކޮށް އެންމެ ކުރި ހޯދައިގެން ދެވަނަބުރުގެ ވޯޓު ގުނުމަށް ފަހު އެވެ. މިއީ ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ނެރުމަށް ދެވަނަ ގުނުމެއް ގުނި ފުރަތަމަ ފަހަރެވެ.

ސްރީލަންކާގެ އިންތިހާބު ރޭވިފައި އޮންނަ ގޮތުން ވޯޓުލާ ފަރާތްތަކުން އެމީހަކު ބޭނުންވާ 3 ކެންޑިޑޭޓަކަށް ވޯޓު ދީ ނަން ތަރުތީބު ކުރެވިދާނެ އެވެ. ދެވަނަ ގުނުމުގައި އަމަލު ކުރާ ގޮތަކީ އެންމެ ގިނަ ވޯޓު ހޯދާ ދެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުން ބަލިވީ ކަމަށް ނިންމައި ބަލިވި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުތަކުގައި 2 ވަނަ ނުވަތަ 3ވަނަ އަށް ތަރުތީބުކޮށްފައިވާ ނަންތަކަކީ އެންމެ މަތިން ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ ނަން ކަމުގައި ވަނީނަމަ އެ ވޯޓު ކެންޑިޑޭޓަކަށް ލިބުނުކަމުގައި ނިންމުމެވެ.

މިގޮތަށް ގުނުމަށްފަހުވެސް, އެންމެ ގިނަ ވޯޓު ހޯދީ ޖަނަތާ ވިމުކްތީ ޕެރަމުނާ (ޖޭވީޕީ)ގެ ލީޑަރު އަނޫރާ ކުމާރަ ޑިސަޔަނަކެ އެވެ. ޑިސަޔަނަކެ ވެގެންގޮސްފައިވަނީ ސްރީލަންކާގެ 9ވަނަ ރައީސަށެވެ.

ޑިސަޔަނަކެ އެންމެ ފުރަތަމަ އެގައުމުގެ ގާނޫނުހަދާ މަޖިލީހަށް އިންތިހާބުވީ 2000 ވަނަ އަހަރުގައެވެ. އަދީ އޭނާ ވަނީ ރައީސް ޗަންދްރިކާގެ ދައުރުގައި އެގްރިކަލްޗަރ މިނިިސްޓަރުކަންވެސް އަދާކުރައްވާފައެވެ. ޑިސަޔަނަކެ ރިޔާސީ ރޭހުގައި އެންމެ ފުރަތަމަ ވާދަކުރެއްވީ 2019 ވަނަ އަހަރު އެވެ. އެ އިންތިހާބުގައި އޭނާ ބަލިކޮށް ކާމިޔާބު ހޯއްދެވީ މަހިންދަ ރާޖަޕަކްސަ އެވެ.

މަހިންދަ ރާޖަޕަކްސަގެ ރައީސްކަމުގައި ހުންނެވި 2 އަހަރު އެގައުމުގެ އިގްތިސާދީ ހާލަތު ގޯސްވުމުގެ ސަބަބުން އެގުމުގައި ބޮޑެތި މުޒާހަރާތަކެއްކޮށް އޭނާ ވަނީ މަގާމުން ދުރުކޮށްފައެވެ. އެގައުމުގެ އިގްތިސާދީ ހާލަތު ގޯސްވީ ކޯވިޑްގެ ދުވަސްވަރު ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް ލޯނު ނަގައި, އެ ދަރަނިތައް ދެއްކޭނެ ވަރަށް އާމްދަނީ ނުލިބުމުގެ ސަބަބުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside