ލަންކާގެ ރިޔާސީ އިންތިހާބު: ބޮޑު ތަފާތަކުން އަނޫރާ ކުރީގައި
އަލްފާ އަލީ
9/22/2024, 6:12:07 AM
-
ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑެތި ސިޔާސީ ލީޑަރުންނާ ވާދަކޮށް ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ޕާޓީގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ބޮޑު ތަފާތަކުން ކުރި ހޯދައިފި އެވެ.
އިއްޔެ ބޭއްވުނު ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުގުނުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު, ވަގުތީ ނަތީޖާތަކުން އަނޫރާ މިހާތަނަށް ގުނުނު ޖުމްލަ ވޯޓުގެ 40 އިންސައްތަ ވޯޓު ލިބިފައިވަނީ އަނޫރާ ކުމާރައަށެވެ. އަދި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމާދާސަ އަށް ލިބިފައިވަނީ 34 އިންސައްތަ ވޯޓެވެ. އަދި ލަންކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އަށް ލިބިފައިވަނީ 16 އިންސައްތަ ވޯޓެވެ.
ބެލެވޭ ގޮތުގައި މި އިންތިހާބު ފަސޭހަކަމާއެކު ކާޏިޔާބުކުރާނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަނޫރާ ކުމާރަ ޑިސެނަޔަކަ އެވެ. އުމުރުން 55 އަހަރުގެ އަނޫރާ ވަނީ 2019ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާފައެވެ.
ސްރީލަންކާ ރިޔާސީ އިންތިހާބުގެ ވޯޓުގުނުން ނިމިފައިނުވި ނަމަވެސް ސްރީލަންކާގެ ޚާރިޖީ ވަޒީރު, ނާޖީ ސަބްރީ ވަނީ އަނޫރާ އަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ, ވޯޓު ގުނައި ނުނިމުނަސް ރިޔާސީ އިންތިހާބު އަނޫރާ ކާމިޔާބުކުރައްވާނެ ކަން ކަށަވަރުވެފައިވާ ކަމަށެވެ.
އަނޫރާ އަކީ ސްރީލަންކާގެ މެދުފަންތީގެ މީހުންނާއި ފަގީރުންގެ ހާލަތު ރަނގަޅު ކުރާނެކަމާއި ސްރީލަންކާގެ އިޖްތިމާއީ ހާލަތަށް ބޮޑު ބަދަލެއް ގެންނަވާނެކަމަށް ވައުދުވެވަޑައިގެންނެވި ކެންޑިޑޭޓެކެވެ. އެއާއެކު އޭނާގެ ތާއީދު ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައެވެ.