logoEN
cocacola
ރަފާހްއަށް ބޮން އަޅައި 13 މީހަކު ޝަހީދުކޮށްލައިފި, 3 ކުޑަކުދިން ހިމެނޭ!

ރަފާހްއަށް ބޮން އަޅައި 13 މީހަކު ޝަހީދުކޮށްލައިފި, 3 ކުޑަކުދިން ހިމެނޭ!

އަހުމަދު ޝުރާއު

logo

9/20/2024, 3:47:15 PM

# ޣައްޒާ# ރަފާހް

ޔަހޫދީ އިޒްރޭލުން މިއަދު ރަފާހްގެ ދެ އިމާރާތަކަށް އަމާޒުކޮށް ބޮން އަޅައި ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީން މިއަދު ވައިގެ މަގުން ހަމަލާދީފައިވަނީ ޣައްޒާގެ ދެކުނުގެ ރަފާ ސިޓީގެ މެސްބާހް ސަރަހައްދުގެ ދެ ގެއަކަށް އަމާޒުކޮށެވެ.

އެގޮތުން ހަމަލާގައި އެދެ އިމާރާތްވެސް ބިމާހަމަވެފައިވާ ކަމަށާއި މި ހަމަލާގެ ސަބަބުން 13 މީހަކު މިހާތަނަށް ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާއާއި ގުޅިގެން މީހުން ސަލަމާތްކުރުމުގެ މަސައްކަތް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ އިރު އަދިވެސް ގިނަ ބަޔަކު ބިމާއިހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި ކަމަށްވެއެވެ. އެހެން ކަމުން މި ހަމަލާގައި ޝަހީދުވި މީހުން އަދަދު އިތުރު ވާނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކަށް މިއަދުވެސް ޔަހޫދީން ވަރުގަދަ ހަމަލާތަކެއް ދިން އިރު މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު އުޅެނީ 34 ގައި އެވެ. އަދި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ޣައްޒާއިން 41,272 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ