logoEN
cocacola
ކުޅުދުއްފުށީ ފަޅުތެރޭގައި ނިޔާވެފައި އޮތްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި

ކުޅުދުއްފުށީ ފަޅުތެރޭގައި ނިޔާވެފައި އޮތްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި

އަހުމަދު ޝުރާއު

logo

9/20/2024, 9:40:10 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ކުޅުދުއްފުށީ ސިޓީގެ ފަޅުތެރެއިން މިމަހުގެ 11 ވަނަ ދުވަހު ނިޔާވެފައިވާ އޮތްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި އެވެ.

ގޮސިޔާ

ކުޅުދުއްފުށި އުތުރު ބަނދަރު ފަޅު ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމަށް މިމަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހެނދުނު 8:17 ހާއިރު އެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން ނިޔާވެފައި އޮތްވާ ފެނުނީ އެރަށު ޑެއިޒީފެހި, މުހައްމަދު ހަސަން ކަމަށާއި އޭނާގެ އުމުރަކީ 36 އަހަރުގެ ކަމަށް ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށްފަހު މިއަދު ވަނީ އަނބުރާ ރާއްޖެ ގެނެސްފައި އެވެ. އެގޮތުން އޭނާގެ ކަށުކަމާކެމީގެ ކަންކަން މިއަދުގެ ވަގުތެއްގައި ކުރިޔަށް ގެންދިޔުމަށް އާއިލާއިން އަންނަނީ މިހާރު ތައްޔާރުވަމުންނެވެ.

މުހައްމަދު ހަސަންގެ މަރާއި ގުޅޭގޮތުން އަދި މިހާތަނަށް ފުލުހުން މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ