logoEN
cocacola
ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަށް ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢު ތަޢާރަފު ކުރުމުގެ ބައްދަލުވުމެއް!

ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަށް ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢު ތަޢާރަފު ކުރުމުގެ ބައްދަލުވުމެއް!

އަހުމަދު ޝުރާއު

logo

9/19/2024, 4:27:20 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފައިވާ ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑް އޮފިސަރުންނަށް ތަޢާރަފު ކޮށްއެރުވުމުގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ އިސްކަންދަރު ކޮށީގައެވެ.

ގޮސިޔާ

ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޕްރެޒެންޓޭޝަނަކާއެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ އިތުރުން ފުލުހުންގެ ގިނަ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި މި ބައްދަލުވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ތަޢާރަފަށް ފަހު ބައްދަލުވުމުގެ ބައިވެރީން ވަނީ މި ތަޢާރަފާ ބެހޭ ގޮތުން އެބޭފުޅުންގެ ޝުޢޫރުތައް ފާޅުކުރައްވައި، ތަޢާރަފާ ބެހޭ ގޮތުން ސުވާލު ކުރައްވައި އިތުރަށް މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ތަޢާރަފުގައި ދިވެހި ޤައުމިއްޔަތުގެ މަފްހޫމުތަކާއި، ބަހާތަކާއި، ޤައުމެއް ދެމިއޮންނަ ގޮތުގެ އޮނިގަނޑުގެ މައްޗަށް ޢިލްމީ ނަޒަރަކުން އަލިއަޅުވާލާފައިވެއެވެ.

ދިވެހި ޤައުމިއްޔަތު ނުވަތަ ދިވެހިވަންތަކަން އިއާދަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ 5 އަހަރުގެ ޤައުމީ މަޝްރޫޢުގެދަށުން 18 ޖަނަވަރީ 2024ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދަވާފައެވެ. މި މަރުކަޒުން ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢުގެ ބައެއްގެ ގޮތުގައި 5 އަހަރު ދުވަހުގެ ފީލްޑް ރިސަރޗް ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަޝްރޫޢުގައި ހިމެނޭ ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފައްދަވައި އިފްތިތާޙް ކޮށްދެއްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ