logoEN
cocacola
މާލޭގެ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

މާލޭގެ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

9/18/2024, 4:45:04 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މާލޭގެ އިމާރާތެއްގެ ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މާފަންނުގެ ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ 6 ވަނަ ފަންގިފިލާގެ ދޮރުގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓިފައިވާ ކމަށް މިރޭ 19:12 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގައި ބިއްލޫރިގަނޑު ވެއްޓީ އެވަގުތު އެގޭގެ ތިރީގައި ޕާކުކުރަން އުޅުނު ސައިކަލެއްގައި ޖެހި ތަޅައިގެން ދިޔަ ވަގުތު އެ ސައިކަލުގައި އިން މިހާގެ ގަޔަށް ބިއްލުރިތައް ބުރައިގެންގޮސް އެމީހާއަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށް އޮފިޝަލް ފާހަގަކުރެއްވި އެވެ.

މި ހާދިސާގައި އެމީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފުލުހުން ވަނީ މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަން ހާމަކުރައްވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ