![ކޯލްޑްޕްލޭގެ ޝޯތަކެއް އަންނަ އަހަރު އިންޑިއާގައި!](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2Fmaxresdefault.jpg&w=3840&q=75)
--
ދުނިޔޭގެ މަޝްހޫރު ބޭންޑް ކޯލްޑްޕްލޭގެ ޝޯއެއް ނުވަ އަހަރަށް ފަހު އިންޑިއާގައި ބާއްވަން ނިންމައިފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި މި ޓުއާގެ މައުލޫމާތު ބުދަ ދުވަހު ބުކްމައިޝޯ ލައިވް އިން ހިއްސާކުރި ޓީޒާއަކުން ވަނީ އިއުލާނުކޮށްފައެވެ.
އެގޮތުްނ ކޯލްޑްޕްލޭގެ ޝޯތައް އަންނަ ޖެނުއަރީ މަހު މުމްބާއީގައި ބާއްވާކަން ވަނީ އިއުލާނުކޮށްފައެވެ.
މި ކޮންސެޓަކީ މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ ކޯލްޑްޕްލޭގެ މިއުޒިކް އޮފް ދަ ސްފިއާސް ވޯލްޑް ޓުއާގެ ދަށުން ކުރިއަށް ގެންދާ ކޮންސެޓެކެވެ.
ކޯލްޑްޕްލޭއިން އެންމެ ފަހުން އިންޑިއާގައި ޕާފޯމްކުރީ 2016 ވަނަ އަހަރު މުމްބާއީގައި ބޭއްވި ގްލޯބަލް ސިޓިޒަން ފެސްޓިވަލްގެ ތެރެއިންނެވެ. 1997 ވަނަ އަހަރު އުފެއްދި މި ބޭންޑުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ހިތްގައިމު ޝޯތަކެއް ގެނެސްދެމުންނެވެ.
ފާއިތުވި އަހަރުތަކުގައި އެ ބޭންޑުން ވަނީ "އަ ސްކައި ފުލް އޮފް ސްޓާސް"، "ޑޯންޓް ޕެނިކް"، "ވިވާ ލާ ވިޑާ" އަދި "އިން މައި ޕްލޭސް" ފަދަ އެތައް ޗާޓް ޓޮޕިން ހިޓްތަކެއް އުފައްދާފަ އެވެ. ހިޓް ލަވަތަކުގެ ހިތްގައިމު ބެކް ކެޓަލޮގާއެކު މުމްބާއީގައި ބާއްވާ މި ކޮންސެޓަކީ އެމީހުންގެ އިންޑިއާގެ ފޭނުންނަށް އުފާވެރި އެކްސްޕީރިއަންސަކަށް ވާނެ އެވެ.
މުމްބާއީގެ ޑީވައި ޕާޓިލް ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންސެޓްގެ ތާރީޚަކީ 18 ޖެނުއަރީ ވާ ހޮނިހިރު ދުވަހާއި 19 ޖެނުއަރީ 2025 ވާ އާދީއްތަ ދުވަހުއެވެ. އަދި 22 ސެޕްޓެމްބަރު 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގައި ބުކްމައިޝޯއިން ޓިކެޓް ވިއްކަން ފަށާއިރު ޓިކެޓް ވިއްކަން ފަށާ އަގަކީ 2،500 އިންޑިއަން ރުޕީސްއެވެ.
ސަޕޯޓަރުންނަށް ކޮންމެ ޓްރާންސެކްޝަނަކަށް އަށް ޓިކެޓް ގަތުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ ރަހުމަތްތެރިންނާއި އާއިލާގެ ބޮޑެތި ގުރޫޕްތަކަށް އެކުގައި މި ކޮންސެޓްގެ ބަލާލަން ދިޔުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
ގުޅުންހުރި
![އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2FBN-HI820_0311IN_GR_20150311064434.jpg&w=3840&q=75)
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ
![ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން މަނާކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2FAP24323208790875-1731910419.webp&w=3840&q=75)
ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން މަނާކޮށްފި
![އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު 10 ކުދިން މަރުވެއްޖެ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2FGcdBMk8XgAADC_7.jpeg&w=3840&q=75)
އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު 10 ކުދިން މަރުވެއްޖެ
![ނިއުދިއްލީގެ ވައި ތަޣައްޔަރުވުމާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2FAFP__20241113__36M99ZN__v1__HighRes__IndiaPollutionEnvironmentHealth-1731602718.webp&w=3840&q=75)